އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ބަނދަރަށް ފެނާއި ކަރަންޓް އަޅައިދޭނެ ފަރާތެއް ހޯދުން

 މއދ.މާމިގިލީ ބަނދަރަށް ފެނާއި ކަރަންޓް އެޅުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ އެވެ.  މަތީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2022 ޑިސެމްބަރ 07 ން 2022 ޑިސެމްބަރ 18 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/500 ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ.  ބިޑް ހުށަހަޅުއްވާނީ 2022 ޑިސެމްބަރ 22 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތުދޭ ބައްދަލުވުމަށް ޙާޟިރުވާ ފަރާތް ތަކަށެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ . 

 13 ޖުމާދަލްއޫލާ   1443        

07 ޑިސެންބަރު 2022
ހޯދާ