މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިލާ ބިލްޑިންގް 1 ގެ 2 ވަނަ ފަންގިފިލާ ( ދެކުނު) ހުސްވެފައިވާ އޮފީސްބައި ކުއްޔަށްދިނުން

`

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

 

                               އިޢުލާން ނަންބަރު :  22-EDF/22/2022/373

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފިލާ ބިލްޑިންގް 1 ގެ 2 ވަނަ ފަންގިފިލާ ( ދެކުނު)  ހުސްވެފައިވާ އޮފީސްބައި ކުއްޔަށްދިނުން

  1. 1.      ތިރީގައި މިދަންނަވާ އޮފީސްބައި، ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް އަކަފޫޓަކަށް -/25 (ފަންސަވީސް) ރުފިޔާ އަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޟަތު އަލުން ހުޅުވާލަމެވެ.
  • ފިލާ ބިލްޑިންގ 1 ގެ ދެވަނަ ފަންގިފިލާ(ދެކުނު) 435 އަކަފޫޓް
  1. 2.      މި އޮފީސްބައި ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރު  05 އިން ފެށިގެން 2022 ޑިސެމްބަރު  11  ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:  https://forms.gle/L9s5EXSgNnEqGRGm9

 

  1. 3.      މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2022 ޑިސެމްބަރު  13  ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. 4.      ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި15,000/- (ފަނަރަހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިޥާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.
  3. 5.      ބިޑް ސެކިއުރިޓީ ފައިސާ އޮންލައިންކޮށް (ބަނޑޭރި-ޕޭ ސިސްޓަމް މެދުވެރިކޮށް) ފައިސާ ދައްކާނަމަ ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެ އެ ބައްދަލުވުމުން ވަކިވެގެން ދިއުމުގެ ކުރިން އެ ފައިސާ ދައްކައި ނިންމަންވާނެއެވެ.
  4. 6.      ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 2022 ޑިސެމްބަރު  13  ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި  އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.
  5. 7.      ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް އާއި، ތަޢުލީމީ ފަންޑުގެ ފިހާރަ ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލް މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.
  6. 8.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ  9 ވަނަ ފަންގިފިލާ ، ފަޅުމަތީ މަގު

މާލެ، ދިވެހިރާއްޖެ.

ފޯން: , 3341193 3341194

ކޮޕީ-މެއިލް: [email protected]

05 ޑިސެންބަރު 2022
ހޯދާ