މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މާލޭގެ 21 މިސްކިތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ،

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މާލޭގެ 21 މިސްކިތެއް އަމިއްލަ ތަކެތީގައި، 01 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

12 ޑިސެމްބަރ 2022 (ހޯމަ)

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

15 ޑިސެމްބަރ 2022 (ބުރާސްފަތި)

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  

 

  • އިތުރު މަޢުލޫމާތު: 
  • މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

 

11 ޖުމާދުލް ޢޫލާ 1444

05 ޑިސެމްބަރ 2022

 

05 ޑިސެންބަރު 2022
ހޯދާ