މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން ބިން ކުއްޔަށް ދޫކުރުން

ރަށުގައި ވިޔަފާރިކުރުމާއި، މުދާ ގުދަންކުރުމާއި އެތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމާއި، ރައްޔަތުންގެ ޒަރޫރީ ކަންކަމަށް ބޭނުންހިފޭނޭ ގިނަ ތަކެތި ރަށުން ލިބޭނޭ މަގު ފަހިކޮށްދިނުމުގެ މަޤުޞަދުގައި، އަލިކަލޭފާނު މަގަށް ހުރި މުލަކު ރައްޔަތުންގެ ކުރީގެ ބައު އިންޖީނުގެ ޢިމާރާތާއި، އެ ޢިމާރާތުގެ ގުދަންބަޔާއި، އޮފީސްބައި އެކުލެވޭ ޢިމާރާތް، 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

        ވީމާ، ޢިމާރާތް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކުން 2022 ޑިސެންބަރު 15 ވަނަ ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ.

     ޢިމާރާތް ކުއްޔަށް ދޫކުރުމަށް އެކުލަވާލެވިފައިވާ މަޢުލޫމާތު ޝީޓާއި، ބިޑު ހުށަހަޅާ ފޯމު މިއިދާރާގެ ވެބްސައިޓުންނާއި، ގެޒެޓުން އަދި ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

05 ޑިސެންބަރު 2022
ހޯދާ