އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަން ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ގައި ހުށަހެޅުނު ޝަކުވާ

(IUL)38-CB/38/2022/339: ނަންބަރު

އިޢުލާން

ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ

 ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަން

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް

 ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ގައި ހުށަހެޅުނު ޝަކުވާ

 2022 ޑިސެމްބަރ 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަނުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކަށް ބަލައި، ގެނެވުނު ބަދަލުތައް ޢާންމު ކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު(http://www.gazette.gov.mv)  އާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ވަނީ ޢާންމު ކުރެވިފައެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2022 ނޮވެމްބަރ 24 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 އިން ފެށިގެން 2022 ޑިސެމްބަރ 06 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް މި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ،  [email protected] އަށް ފޯމު ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

24 ނޮވެންބަރު 2022
ހޯދާ