ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތައް ސާފުކުރުން

ރަށުގެ މަގުތައް ސާފުކުރުން

ގއ.ކަނޑުހުޅުދޫ މަގުމަތި ކުނިކެހުމާ ބެހޭ ގަވާއިދު (2013/R-2049) ގެ 3 ވަނަ މާއްދާގައިވާގޮތުން، "ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް އެރަށެއްގެ ބިމުން ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެގޯއްޗެއްގެ މަގަށްވާ ސަރަޙައްދުގައި އެގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަކީ، އެގޯތީގެ ވެރިފަރާތުގެ ނުވަތަ އެގޯތީގައި ދިރިއުޅޭ ފަރާތުގެ ޒިންމާއެކެވެ". ނަމަވެސް ގއ. ކަނޑުހުޅުދޫގެ ވަރަށް ގިނަ ގޯތިތަކާއި ގޯތިތަކުގެ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ފާހަގަކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް ގިނަ ދަތިތަކާއި ދަނީ ކުރިމަތިވެ ރަށުގެ އާންމުންނަށް އެކި އުނދަގޫ ދަނީ ކުރިމަތިވަމުންނެވެ.

އެހެންކަމުން ގއ.ކަނޑުހުޅުދޫގައި ދޫކޮށްފައިވާ އެންމެހާ ގޯތިތަކުގެ ތެރެއިން، ވަށައިގެންވާ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތަކުން އެގޯތިތަކުގެ ވަށައިގެންވާ މަގުތަކާއި އެގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައި، މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ސާފުކޮށް ބެލެހެއްޓުމަށް ދަންނަވަމެވެ.

އަދި ގއ. ކަނޑުހުޅުދޫ މަގުމަތި ކުނިކެހުމާބެހޭ ގަވާއިދާއި ޚިލާފުވާ ފަރާތްތަކަށް މިގަވާއިދުގެ 06 ވަނަ މާއްދާގެ (ހ)ގެ ދަށުން 50 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމުގައި ދަންނަވަމެވެ. 

24 ނޮވެންބަރު 2022
ހޯދާ