އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދަނގެތީ ސަގާފީމަރުކަޒްގެ ޑިޒައިންސް، ޑްރޯވިންގސް އަދި ބީ.އޯ.ކިޔޫ ނިންމައިދޭނެ ފަރާތެއް ހޯދުން:

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އދ.ދަނގެތީ ސަގާފީމަރުކަޒްގެ އާކިޓެކްޗަރަލް ޑިޒައިންގ، އިންޓީރިއޯ ޑިޒައިން، ސްޓްރަކްޗަރަލް ޑިޒައިން، ޑީޓެއިލްސް ޑްރޯވިންގސް، ސާރވިސް ޑްރޯވިންގސް އަދި ބީ.އޯ.ކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރުމަށްފަހު، މިމަސައްކަތް، މިއިދާރާއިން ކަނޑައަޅާ ތާރީޚަކަށް ނިންމައިދެވޭނެ އަންދާސީ ހިސާބު ހުށަހެޅުމަށް، މިފުރުޞަތު ހުޅުވާލަމެވެ.

          އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 27 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 09:00 ން 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީ-މެއިލް އެޑްރެސް [email protected] އަށް މެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ނަންބަރ 6680888 އާއި ގުޅުއްވައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 30 ނޮވެމްބަރ 2022 ވާ  ބުދަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.
    • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަންދާސީ ހިސާބު ހުށަހަޅަން މިއިދާރާގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރެވޭނީ 1500.00 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. އިތުރު މަޢުލޫމާތު ދިނުމުގެ ޝެޝަންގައި ބައިވެރި ވެލެއްވޭނީވެސް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ރަޖިސްޓްރީކުރާ ފަރާތްތަކަށް، މިމަޢުލޫމާތު ދިނުން ގޫގަލް މީޓް މެދުވެރިކޮށްވެސް ކުރިއަށް ގެންދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

23 ނޮވެންބަރު 2022
ހޯދާ