މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފުށި ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

ނަމްބަރ: (IUL)337/337/2022/101

އިޢުލާން

 

މާފުށި ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

 

 

މާފުށި ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މައުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

 

ރަޖިސްޓްރީ ކުރުން:

04 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެކުރިން

އަންދާސީ ހިސާބު ހުށަހެޅުން:

04 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި،

 

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

23 ނޮވެމްބަރ 2022

23 ނޮވެންބަރު 2022
ހޯދާ