ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލާ ހަޓުން ރެސްޓޯރެންޓު ހިންގުމަށް ކުއްޔަށް ދޫކުރުން

ސޯލާ ހަޓުން ރެސްޓޯރަންޓަށް ކުއްޔަށް ދޫކުރުން
           ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފާރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ 2 ވަނަ ފަހަރަށް  ބައެއް ބަދަލުތަކާއެކު އިޢުލާން ކުރަމެވެ.

 

                       އޮޅުވެލިފުށި ކުޑަކުދިންގެ ޕާކުގެ ހުޅަނގު ގައިވާ ސޯލާހަޓުން ( ރެސްޓޯރާންޓް ހިންގުމަށް ޚާއްޞަކުރެވިފައިވާ ބައި )  ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

ޅ.އޮޅުވެލިފުށި ނިނޯންސް ޕާކުގެ ހުޅަނގު ގައިވާ ސޯލާހަޓް

ކެފޭ، ރެސްޓޯރަންޓް

4615 އަކަފޫޓު

އަކަފޫޓަކަށް މަހަކު 60/- ލާރި

 

1-  މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-    ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 23 ނޮވެމްބަރ 2022 ން ފެށިގެން 29 ނޮވެމްބަރ  2022 ގެ ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް   ބަންދުނޫން ކޮންމެ ދުވަހަކު09:00  އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގެން ރަޖިސްޓަރ ވެވޭނެއެވެ. އަދި އޮންލައިންގެ ޒަރިއްޔާއިން ކައުންސިލްގެ މެއިލް އެޑްރެސް:[email protected] އަދި ކައުންސިލްގެ ވައިބަރ ނަންބަރ: 9662107 އަށް ( ރަޖިސްޓްރީވާ ފަރާތުގެ ނަން ، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ހުށަހަޅާ ފަރާތުގެ ނަމާއިއެކު ) ރަޖިސްޓްރީވުމަށް ފޮނުވިދާނެއެވެ.

3-   ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 

 

ބީލަން ހުށަހެޅުން

ތާރީޚް:

ދުވަސް

ވަގުތު

ތަން

6 ޑިސެމްބަރ 2022

އަންގާރަ

11:00

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ

 

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ބިން ކުއްޔަށް ހިފުމަށް އެދޭފޯމް

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ( ބޭނުންފުޅު ކަމުގަވާނަމަ)   

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް ހީރަސްކުރެވިފައިވާނެއެވެ.

22 ނޮވެމްބަރ 2022

22 ނޮވެންބަރު 2022
ހޯދާ