ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ދެކުނުފަރާތުގައި އިރުން ހުޅަނގަށް އޮންނަ މަގު (އަންނިމަގު) ހެދުމާއިގުޅޭ؛

ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ދެކުނު ފަރާތުގައި އިރުން ހުޅަނގަށް އޮންނަ މަގު (އަންނިމަގު) ހެދުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި (2022 ޑިސެމްބަރ 02 ވަނަ ދުވަހުގެ ނިޔަލަށް) އެމަގުގެ ފުޅާމިން ކަމުގައި 65 ފޫޓުގެ އެތެރޭގައި އެއްވެސް ފަރާތެއްގެ ނުއުފުލޭ މުދަލާއި، ފެންސް ފަދަ އެންމެހާ ތަކެއްޗާއި އަދި އެއްވެސް ބާވަތެއްގެ ގޮވާމެއް ވާނަމަ އެގޮވާމެއްވެސް ހިމެނޭގޮތަށް ނެންގެވުން އެދެމެވެ. އަދި ރުކެއް ވާނަމަ، އެރުކެއްގެ ވެރިފަރާތުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެހި ގަންނަ ވަކަރުލާ މޮޅު ރުއް، ފޯދުނު ރަނގަޅު ރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަރުއް) އަދި ގަހެއް ވާނަމަ އެގަހެއްގެ ވަށަމިން ބަޔާންކޮށް މި މުއްދަތުގެ ތެރޭގައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ނޮވެންބަރު 2022
ހޯދާ