މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 13/2022 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުމުގެ ޤާނޫނު) ގެ ދަށުން ހޯލްޑިންގ ފެސިލިޓީ ކަނޑައެޅުން

ޤާނޫނު ނަންބަރު 13/2022 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުމުގެ ޤާނޫނު) ޤާނޫނާއި ޙިލާފުވެގެން ހިފަހައްޓާ ނުވަތަ ނަގާ ތަކެތި، މި ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނައްތާލެވުމާ ހަމައަށް، ނުވަތަ އެ ތަކެއްޗާއިމެދު ޢަމަލުކުރެވޭނެ އެހެން އިންތިޒާމެއް ހަމަޖެހުމާ ހަމައަށް، ރައްކާތެރިކަމާއެކީ އެ ތަކެތި ބެލެހެއްޓުމަށްޓަކައި ބަހައްޓަނާނެ ހޯލްޑިންގް ފެސިލިޓީއެއް، މި ޤާނުނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވީހިނދު، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ދ) އާއި 39 ވަނަ މާއްދާއާ ހަވާލާދީ، މި ހޯލްޑިންގް ފެސިލިޓީއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ  ބެލުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ ކަރަންޓީން ފެސިލިޓީކަމުގައި ކަނޑައަޅާ، އެކަން އަންގާ އިޢުލާން ކުރަމެވެ.

20 ނޮވެންބަރު 2022
ހޯދާ