މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ ގރ. 1

   މަޤާމު:   ސީނިއަރ އޮފިސަރ ގރ. 1  

   ބޭނުންވާ އަދަދު:  01

   ބޭސިކް މުސާރަ :      -/3885 ރުފިޔާ

   ސަރވިސް އެލަވަންސް:   1165/50 ރުފިޔާ

  އެޓެންޑެންސް އެލަވަންސް:  -/1200 ރުފިޔާ

  އޮޕަރޭޝަނަލް އެލަވަންސް:  -/1554 ރުފިޔާ

  ވަޒީފާ ދޭ ފަރާތް :  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)

  ވަޒީފާ އަދާކުރާ ތަން:  އެޑްމިން އެންޑް އެޗް.އާރ ޑިޕާޓްމެންޓް / ކަނޑުއޮތްގިރި ފިޝްވިލެޖް

  މުސާރައިގެ އިތުރުން ކެއުމާއި ނިދުން ކަނޑުއޮތްގިރީގައި ހަމަޖައްސައިދެވޭނެއެވެ.

ޝަރުތު:                           

1-  ޖީ.ސީ.އީ. އޭލެވެލް ހަދާފައިވުން ނުވަތަ ހިއުމަންރިސޯސަސް ދާއިރާއިން ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކަނޑުއޮތްގިރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ހެދުމާއި މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން. މީގެ އިތުރުން ލޯންޑްރީ ސްޕަވައިޒްކުރުމާއި، އަދި މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިންޓަރވިއު ކުރުން.

ހ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ށ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި

ނ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ރ. ވަޒީފާއަށް ކުރިމަތިލާ ހުށަހަޅާ ސިޓީ

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަން ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 20 ނޮވެންބަރު 2014 ވަނަ ދުވަހުގެ 13:00 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮފީހުގެެ ނަންބަރު 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

12 ނޮވެންބަރު 2014
ހޯދާ