ލ. މާވަށު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އަގުކޮމެޓީގެ ދަފްތަރު އެކުލަވާލަން ބޭނުންވާތީ، އަގުކޮމެޓީއަށް މެންބަރުން ހޯދުމަށް

މި ކޯޓުގެ އަގުކޮމެޓީގެ ދަފްތަރު އެކުލަވާލަން ބޭނުންވާތީ، އަގުކޮމެޓީއަށް މެންބަރުން ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

އަގުކޮމެޓީ އެކުލަވާލުން

މަޤާމް:

އަގުކޮމެޓީގެ މެންބަރު (03 އަހަރު ދުވަހުގެ މުއްދަތަށް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން
  2. ސާނަވީ ނުވަތަ އެއާއި އެއްފަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފުކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ؛
  3. 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިފައިވުމާމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  - ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  - މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މިފޯމް ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތު ތަޖްރިބާގެ ލިޔުން
  5. މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު 

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން 24 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ކޯޓު ބަންދުކުރުމުގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6800061 ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 17 ނޮވެމްބަރ 2022

17 ނޮވެންބަރު 2022
ހޯދާ