ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

މި އިޢުލާންވަނީ 23 ނޮވެންބަރު 2022 11:39 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު: (IUL)242-HR/242/2022/21

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-371762

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

 އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

މުސާރަ:

 5610.00 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:

 2000.00 ރުފިޔާ މަހަކު

ސަޕޯޓިން ކޯ އެލަވަންސް:

 700.00   ރުފިޔާ މަހަކު

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވަ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ތަރައްޤީއަށް ރާވާ ހިންގަން ކަނޑައަޅާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކޮންސެޕްޓްތަކާއި ޑިޒައިންތައް ހެދުމާއި ޕްރޮޖެކްޓްތަކުގެ ބީއޯކިއު ހެދުމާއި ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  4. ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ސައިޓް ހަވާލުކުރުމަށް ކުރަންޖެހޭ ސަރވޭތައް ކުރުމާއި ޓެކްނިކަލް އިންސްޕެކްޝަންތައް ހެދުމާއި މަސައްކަތް ހިނގާނުހިނގާގޮތް ސުޕަވައިޒްކޮށް ޓެކްނިކަލް ލަފާ ދިނުން.
  5. ޕީ.އެސް.އައި.ޕީ ގެ ދަށުން އަތޮޅުގެ އިދާރީދާއިރާގެ ތަރައްޤީއަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތައް ހުށަހެޅުމުގެ މަސައްކަތް ކުރުންމަސައްކަތުގެ ސަބަބުން މަޝްރޫޢުގެ އަގަށް އަންނަ ބަދަލުތައް ޗެކްކޮށް ކޮންޓްރެކްޓަރ ހުށަހަޅާ އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުން.
  6. ކައުންސިލް އިދާރާއިން ރާވާ ހިންގާ ކޮންސްޓްރަކްޝަން މަޝްޜޫޢުތަކާއި އެހެނިހެން މަރާމާރު ކުރުމުގެ މަސައްކަތަށް ބޭނުންވާ އެސްޓިމޭޓްތައް ތައްޔާރުކޮށްދިނުން
  7. އިވެލުއޭޝަން އަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕްރޮޖެކްޓްތަކަށް ހުށަހަޅާ ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތާއި މަޝްރޫޢުތަކަށް ހުށަހަޅާ ސްޕެސިފިކޭޝަންތަކާއި މެޓީރިއަލް ލިސްޓް ރިވިއުކުރުމާއި ޓެކްނިކަލް ލަފާ ދިނުން.
  8. ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި ގުޅިގެން އެކިއެކިފަރާތްތަކަށް އެވޯޑްކޮށްގެން ކުރަމުންގެންދާ މަސައްކަތްތައް ކޮންޓްރެކްޓަރ ކުރަމުންގެންދަނީ އެއްބަސްވުމާއި އަދި ކުރެހުމާއި އެއްގޮތަށް، ކަނޑައެޅިފައިވާ ސްޕެސިފިކޭޝަންގައިވާ ގޮތަށްކަން ކަށަވަރުކުރުން، ސައިޓްލޮގް ރަގަޅަށް ބެލެހެއްޓުން، ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް އެއްބަސްވުމާއި ޚިލާފަށްކުރިޔަށް ގެންދާނަމަ ސުޕަވައިޒަރަށް އަންގާ ތައްޔާރުކުރަންޖެހޭ ޓެކްނިކަލް ލިޔުންތައް ތައްޔާރުކުރުމާއި އެކަމަށް ގުޅޭ ޓެކްނިކަލް ލަފާ ދިނުމާއި މިފަދަ ކަންކަމުގައި ކޮންޓްރެކްޓަރުން އެއްބަސްވުމާއި ޚިލާފަށް ކުރަމުން ގެންދާ ކަންކަން ރެކޯޑްކޮށް ބެލެހެއްޓުން، އަދި މަސައްކަތާއި ގުޅިގެން ދެފަރާތުގެ މެދުގައި ހިނގާ ހުރިހާ މުޢާމަލާތެއް ލިޔެކިއުމުން ތައްޔާރުކުރުން.
  9. ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި އެކިއެކިފަރާތްތަކަށް އެވޯޑްކޮށްގެން ކުރަމުންގެންދާ މަސައްކަތް ހިގަމުންދާއިރު އެމަސައްކަތްތައް ކުރަމުންދަނީ ކޮންސްޓްރަކްޝަން މިންގަޑުތަކާއި އެއްގޮތަށްތޯ ބެލުމާއި މަސައްކަތްތަކަށް ހޯދޭ ތަކެއްޗާއި ބޭނުން ކުރަމުންދާ މެޓީރިއަލްސްތަކުގެ ކޮލިޓީ ޗެކްކުރުމާއި މަސައްކަތް ކުރަމުންދަނީ ޓެކްނިކަލް މިންގަޑުތަކާއި ހިލާފަށް ކަމަށް ވާނަމަ މަސައްކަތް ހުއްޓުވުމަށް އިރުޝާދު ދިނުމާއި އިންސްޕެކްޝަން ހަދައި ރިޕޯޓް ތައްޔާރުކުރުން
  10. ކައުންސިލުން ހިންގާ އެންމެހައި މަޝްރޫޢުތައް ވިލަރެސްކޮށް، މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯޓްތައް އެކުލަވާލައި، މަޝްރޫޢުތަކުގެ މަސައްކަތް އިމްޕްލިމެންޓް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްގެ މަޝްވަރާގެ މަތިން ކުރުމާއި ޑެޑްލައިންތަކަށް މަސައްކަތް ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  11. އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ދިނުމާއި ކުރެހުން ތައްޔާރުކުރުން.
  12. ތަރައްޤީއަށް، ފެށޭ އަހަރު، އަލަށް ހިންގާނެ ޕްރޮޖެކްޓްތައް ކަނޑައެޅުމަށް ބޭނުންވާ ކޮންސެޕްޓް އެކުލަވާލުމާއި ޓެކްނިކަލް ސްޕެސިފިކޭޝަން އާއި އެއްގޮތަށް ބަޖެޓް އަންދާޒާކުރުމާއި އެޕްރޮޖެކްޓްތައް ކުރިޔަށް ގެންދާނޭގޮތުގެ ތާވަލު އެކުލަވާލުން.
  13. ނިމުނު މަސައްކަތްތަކާއި ޕްރޮޖެކްޓްތަކުގެ މަސައްކަތުގެ ކާމިޔާބުވި މިންވަރު ތައްޔާރުކޮށް ޑިސެމްބަރ 31 ގެ ކުރިން އަހަރީ ރިޕޯޓަށްލުމަށް ފޮނުވުން.
  14. މަސައްކަތާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކަށް ޓެކްނިކަލް ހައްލު ހޯދައިދިނުމަށް މަޝްވަރާދިނުމާއި އެފަދަ ސިޓީ މެސެޖެތަކަށް ޖަވާބު ދިނުން.
  15. ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް، އަހަރީ ރިޕޯޓް، މާލީ ރިޕޯޓް، އޮޑިޓް ރިޕޯޓާއި ކައުންސިލުން އެއްކުރާ އެކިއެކި ތަފާސް ހިސާބުތަކާއި އެހެނިހެން ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށް ދިނުން
  16. އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތުތައް ފޯރުކޮށްދިނުން
  17. ޢަމަލު ކުރަމުންދާ އަތޮޅު ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުވައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  18. ޕީ.އެސް.އައި.ޕީ ގެ ދަށުން އަތޮޅުގެ އިދާރީދާއިރާގެ ތަރައްޤީއަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތައް ހުށަހެޅުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ , އެޑްމިނިސްޓްރޭޝަން ,  އެގްރިކަލްޗަރަލް ސައިންސް   ، އެންތްރޯޕޮލޮޖީ   ، އާކިޓެކްޗަރ   ، ބިޒްނަސް   ، ބިޒްނަސް އެޑްމިނިސްޓްރޭޝަން   ، ބިޒްނަސް މެނޭޖްމަންޓް   ، ސިވިލް އިންޖިނިއަރިންގ   ، ކޮމާސް   ، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   ، ކޮމްޕިއުޓަރ ސައިންސް   ، ކައުންސިލް އެޑްމިނިސްޓްރޭޝަން   ، ކަލްޗަރ އެންޑް ހެރިޓޭޖް   ، ޑިމޮގްރަފީ   ، ޑިވެލޮޕްމަންޓް ސްޓަޑީޒް   ، އިކޮނޮމިކްސް   ، އެންވަޔަރަންމެންޓަލް ސައިންސް   ، ފައިނޭންސް   ، ގަވަރނަންސް   ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް،ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ،ހިއުމަން ރިސޯސް   ، އިންފޮމޭޝަން ޓެކްނޮލޮޖީ   ، އިންޓަނޭޝަނަލް ރިލޭޝަންސް  ، ލޯ   ، ލީޑަރޝިޕް  ، ލައިބްރަރީ ސައިންސް   ، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް   ، މެރިން ސައިންސް  ، މާކެޓިންގ   ، އޮފީސް އެޑްމިނިސްޓްރޭޝަން  ، ޕޮލިސީ ސްޓަޑިޒް   ، ޕޮލިޓިކަލް ސައިންސް   ، ޕްރޮޖެކްޓު މެނޭޖުމަންޓު   ، ޕަބްލިކް އެޑްމިނިސްޓްރޭޝަން   ، ޕަބްލިކް މޭނޭޖްމަންޓް   ، ޕަބްލިކް ޕޮލިސީ   ، ޕަބްލިކް ރިލޭޝަންސް   ، ޝަރީޢާ އެންޑް ލޯ   ، ސޯޝަލް ސައިންސް   ، ސޯޝަލް ވޯރކް   ، ސޯޝިއޮލޮޖީ   ، ސްޕޯޓްސް މެނޭޖްމަންޓް   ، ސްޓެޓިސްޓިކްސް  ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ   ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   ، އަރބަން ޕްލޭނިންގ   ، އާބަން ސްޓަޑީޒް  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%
  • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ނޮވެމްބަރ 2022 ގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން އޮންނާނީ،01  ޑިސެމްބަރ 2022 އާއި  13 ޑިސެމްބަރ 2022  އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841032 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

22 ރަޞީޢުލްއާޙިރު 1443

 16 ނޮވެމްބަރ 202 

16 ނޮވެންބަރު 2022
ހޯދާ