ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއި ގުޅޭ

ދިވެހިރާއްޖޭގައި ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާއިރު ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ ޢަދަދެއްގެ ބޭރުމީހުން ރާއްޖެއަށް ޒިޔާރަތްކުރަމުން ގެންގެއެވެ. އެހެންކަމުން އެކިއެކި ވަޒީ ފާތަކަށް ބިދޭސީންގެންނަ ފަރާތްތަކާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޤާނޫނު ނަމްބަރ 94/6 ދިވެހިރައްޔިތުގެ ދީނީ އެއްބައިވަންތަކަން ޙިމާޔަށްކުރުމާއިބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދު R-40/2011 ގެ 9 ވަނަ މާއްދާ ސާފުވާނޭގޮތަށް އެފަދަ ފަރާތްތަކަށް ރަނގަޅަށް އިރުޝާދު ދިނުމަކީ ވަރައްމުހިންމުކަމެކެވެ. އެޤަވައިދުގެ 9 ވަނަ މާއްދާގައިވާ ގޮތުން ދިވެރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރުމުސްލިމުން ފާޅުކަން ބޮޑުގޮތެއްގާއި އެމީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި ޢާންމު ތަން ތަނުގައި ޖަމާޢަތް ހަދައިގެން އެފަދަދީނީ ޙަރަކާތްތައް ހިންގުމާއި އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުމަކީ މަނާކަމެކެވެ.

މަތީގައި ބަޔާންކުރެވިފައިވާ ޤަވާއިދަށް ދިވެރާއްޖޭގެ އެއްވެސް ޢާންމު ތަނެއްގައި އިސްލާމްދީން ފިޔަވާ އެހެންއެއްވެސް ދީނެތްގެ އަޅުކަމާއި ގުޅޭ އެއްވެސްކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. އަދި، ހަމަ އެއާއިއެކު މީހުންދިރިއުޅޭ ރަށްރަށުގައި އުޅޭއިރު ދިވެހިރާއްޖޭގައި ޓޫރިސްޓު ގެސްޓްހައުސް ހިންގުމާއިބެހޭ ޤަވާއިދު (2010/R-12) އެއްގޮތަށް ޢާއްމު އިޖްތިއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް އެފަރާތްތަކަށް އިރުޝާދު ދެމެވެ.

އަދި، ދަންނަވަމެވެ. ރާއްޖެއިން ބޭރުން ރާއްޖެއަށް މީހުން ގެންނަ ފަރާތްތަކުން މިމަޢުލޫމާތު އެފަރާތްތަކަށް ސާފުކޮށްދީ އިރުސާދު ދިނުމަށްވެސް ދަންނަވަމެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                   

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ                          

20 ރަބީއުލްއާޙިރާ 1444             

           15 ނޮވެންބްރ  2022

15 ނޮވެންބަރު 2022
ހޯދާ