މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތްކުރާ މުޥައްޡަފުން ބޭނުންވެއްޖެ

މަސްޖިދުއްނަޞްރު މިސްކިތުގެ ދާއިމީ މަސައްކަތު މީހުން ސަލާމް ، ޗުއްޓީ ނެގުމުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް ޕޫލްގެ ދަށުން (ވަގުތީ) މީހުން ނަގަން ބޭނުންވެއްޖެއެވެ.

މަޤާމް

ވަގުތީ މަސައްކަތް (ޕޫލް)

ބޭނުންވާ ޢަދަދު

02

މުސާރަ

ގަޑިއިރަކަށް 45ރ (ދުވާލަކު 5 ގަޑިއިރު)

މަސައްކަތް ހަމަޖެހިފައިވާ ތަން

ކ. ގުޅީ މަސްޖިދުއްނަޞްރު (މިސްކިތް)

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއެކު ، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުން ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު އެސްއެސް1 ރޭންކުގެ ނުވަތަ އެއަވުރެ މަތީ ރޭންކަކާއި ، އެއް ފެންވަރެއްގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާއި  ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން

 

ވަޒީފައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

      ކައުންސިލުން އަންގާ ގޮތެއްގެ މަތިން މިސްކިތާއި، މިސްކިތް ހިމެނޭ ސަރަޙައްދު ފޮޅާ ސާފްކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
  • ލިބިފައިވާ ތަޢުލީމި ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ އިއިޑީކާޑްގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ކަރިކިއުލަމް ވިޓާއީ (ސީވީ)

 

 

މާރކްސް ދިނުމުގައި ބެލެވޭ ކަންތައްތައް:   

1

ތަޖުރިބާ 75 މާރކްސް

2

ލިބިފައިވާ ތަޢުލީމް 25 މާރކްސް

  1. ތަޖުރިބާއިން ލިބޭ ޕޮއިންޓް ދެވޭނީ މަސައްކަތާއި ، ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކޮށްފައިވާ މުއްތަން ބަލއި ، އެޓެސްޓް ކުރި ލިޔުމަށް އެކަންޏެވެ.
  2. ތަޢުލީމީ ބައިގެ މާރްކްދް ދެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. އަދި ކިޔަވާފައިވާ ގުރޭޑްއަށް ބަލައި ތަޢުލީމީ ބަޔަށް މާރްކްސް ދެވޭނެއެވެ.

މަޤާމަށް އެދެންވީ ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވެމްބަރ 2022 ގެ 14:00 ގެ ކުރިން ، މިކައުންސިލް އިދާރާއަށެވެ. އީމެއިލް ކުރައްވާނަމަ މި ކައުންސިލްގެ އީމެއިލް [email protected] އަށެވެ.

މި އިޢްލާނާއި ، ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640068  އަށެވެ. އީމެއިލް ކުރާނީ[email protected]   އަށެވެ.

  

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

15 ނޮވެންބަރު 2022
ހޯދާ