ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމާއި ގުޅޭ

ތިރީގައި މިދަންނަވާ ރުއްގަހުގެ މަޢުލޫމާތު ސާފުކުރަން ބޭނުންވެއެވެ. މި ރުއްތަކުގައި ފެހިކުލައިގެ ދަވާދުން 1 ން 08 އަށް ނަންބަރު ޖަހާފައި ވާނެއެވެ.

  1. ނީލަމް ވާދީ ގޯތީގެ ދެކުނުފަރާތުގައި ނީލަމް ވާދީ ގޯއްޗަށް ދަތިވާގޮތަށްހުރި 01 ނަންބަރު ޖަހާފައިވާ ރުއް.
  2. ފެނަކަ އާއިމާރާތު ގޯތީގެ އިރު އުތުރުކަންމަތީގައި 02 ޖަހާފައިވާ ރުއް.
  3. ސެވަންސްޓަރ ގޯތީގެ ހުޅަނގު ދެކުނު ކަންމަތީގައި 03 ޖަހާފައިވާ މިދިލި ގަސް
  4. ސެވަންސްޓަރ ގޯތީގެ ހުޅަނގު ދެކުނު ކަންމަތީގައި 04 ޖަހާފައިވާ މިދިލި ގަސް
  5. ސެވަންސްޓަރ ގޯތީގެ ހުޅަނގު ދެކުނު ކަންމަތީގައި 05 ޖަހާފައިވާ މިދިލި ގަސް
  6. ހުދުރުވާ ގޯތީގެ އިރުން އޮތް މަގުގައި ހުރި 06 ޖަހާފައިވާ ރުއް.
  7. ހުދުރުވާ ގޯތީގެ އިރުއުތުރު ކަންމަތީގައި ހުރި 07 ޖަހާފައިވާ ރުއް.
  8. ހުދުރުވާ ގޯތީގެ އިރުން އޮތް މަގުގައި ހުރި 08 ޖަހާފައިވާ ރުއް.

                     ވީމާ، މަޢުލޫމާތު ސާފުކުރުމަށް މިސަރަޙައްދުތަކުގައި ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 2022 ނޮވެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކޮށްދެއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ސާފު ކޮށްދެވިފައި ނުވާ ރުއްތައް ހަމަޖެހިފައިވާ އުޞޫލުން ނައްތާލެވޭނޭ ވާހަކަ ދަންނަވަމެވެ.

                    ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

15 ނޮވެންބަރު 2022
ހޯދާ