އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ގޭގެ މަގުތަކުގައި އެކި ބާވަތުގެ ގަސްތައް އިންދާ ހައްދާފައިހުރުމާއި ގުޅޭ

އިޢުލާން

މިއަވަށުގެ ބައެއް ގޭގެ މަގުތަކުގައި އެކި ބާވަތްބާވަތުގެ ގަސްތައް އިންދާ ހައްދާފައިހުރުމުގެ ސަބަބުން ދުއްވާ ތަކެއްޗާއި މަގު ހިނގާ ފަރާތްތަކަށް އުދަގޫ ވާކަމުގެ ޝަކުވާ މިއޮފީހަށް ލިބެމުންދާތީ މަގުތަކުގައި ގަސް އިންދާ ހައްދާ ފަރާތްތަކުންނާއި ޕޮޓްފަދަ ތަކެތީގައި ގަސް އިންދައި މަގުމަތީގައި ބަހައްޓާ ފަރާތްތަކުން އެކަން އެހެން ނުކުރުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މިއޮފީހުގެ ނަންބަރު: (IUL)426-4B/426/2021/204 ( 23 ޖޫން 2021 ) ޢިއުލާނުން މީގެ ކުރިންވެސް ގޯތިން ބޭރުގައި މިހެން ހުރި ގަސްތައް ނަގައި ސާފުކުރުމަށް ވަނީ އަންގާފައެވެ.

މަގަށް ދަތިވާގޮތަށް ހުންނަ މިފަދަ ގަސްތައް މިއަދުން ފެށިގެން ނަގައި މަގު ސާފުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

 15 ރަބީޢުލްއާޙިރް 1444

  09 ނޮވެމްބަރ 2022 

13 ނޮވެންބަރު 2022
ހޯދާ