ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސްކައުޓް އެގްޒެކެޓިވް ކޮމެޓީގެ ބައެއް މަޤާމުތަކަށް ހުޅުވާލުމާއި ގުޅޭ

ސްކައުޓް އެގްޒެކެޓިވް ކޮމެޓީގެ ބައެއް މަޤާމުތަކަށް ހުޅުވާލުމާއި ގުޅޭ:

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗާރ ވަނީ މިހާރު އެކުލަވައިލެވި، ނެޝަނަލް ސްކައުޓް ކައުންސިލުން އެންޑޯޒްކުރެވިފައެވެ. މި ސްޓްރަކްޗަރާ އެއްގޮތަށް ސްކައުޓް އެސޯސިއޭޝަންގެ މެނޭޖްމަންޓް ހަރުދަނާކޮށް، ސްކައުޓް އެގްޒެކެޓިވް ކޮމެޓީގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކުރަމެވެ.

މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗާރގައިވާ އަންނަނިވި މަގާމުތަކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ "އިންޓްރަސްޓް އޮފް ސާރވިސް" އޮންލައިން ފޯރމް މެދުވެރިކޮށް 20 ނޮވެންބަރު 2022ގެ 14:00ގެ ކުރިން އެކަން އަންގައިދިނުން އެދެމެވެ.

ނަން ހުށައެޅުމަށް ހުޅުވާލެވޭ މަޤާމުތައް:

  1. ނެޝަނަން ކޮމިޝަނަރ ފޮރ ފައިނޭންސް
  2. ނެޝަނަލް ކޮމިޝަނަރ ފޮރ ފިޒިކަލް ރިސޯސް މަނޭޖްމަންޓް
  3. ނެޝަނަލް ކޮމިޝަނަރ ފޮރ ޗައިލްޑް ޕްރޮޓެކްޝަން އެންޑް ސޭފްގާރޑްސް
  4. ނެޝަނަލް ކޮމިޝަނަރ ފޮރ ސްކައުޓިންގް އިން އަޓޯލްސް
  5. ނެޝަނަލް ކޮމިޝަނަރ ފޮރ ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ރިސޯސް މޮބިލައިޒޭޝަން
  6. ނެޝަނަލް ކޮމިޝަނަރ ފޮރ ޕަބްލިކް ރިލޭޝަންސް
  7. ނެޝަނަލް ކޮމިޝަނަރ ފޮރ ޓެކްނޮލޮޖީ އެންޑް ޑިޖިޓައިޒޭޝަން

ޝަރުތުތައް:

-        އުމުރުން 18 އަހަރު ފުރިފައިވުން.

-        ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗާރގައި ބަޔާން ކުރެވިފައިވާ މަސައްކަތާއި ޒިންމާތައް އަދާ ކުރެވޭނެ ފަރާތަކަށް ވުން އަދި މަޤާމާއި ގުޅޭ "ކޮންޕީޓަންސީ" ހުރި ފަރާތަކަށް ވުން.

-        މަޤާމުގެ މައްސޫލިއްޔަތު އަދާކުރުމުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗާރގައި ބަޔާން ކުރެވިފައިވާ "މެނޭޖްމަންޓް ޕްރިންސިޕަލްސް" އާއި "މެނޭޖްމަންޓް އެތިކްސް" އާއި އެއްގޮތަށް މަސައްކަތް ކުރެވޭނެ ފަރާތަކަށް ވުން.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗާރގައި ބަޔާން ކުރެވިފައިވާ މެނޭޖްމަންޓުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ ހުންނަންޖެހޭ "ކޯ ކޮންޕީޓަންސީ" ހުރި ފަރާތަކަށް ވުން.

"އިންޓްރަސްޓް އޮފް ސާރވިސް" ފޯރމް:

-        މި ފޯރމް ފުރިހަމަކޮށް ފޯރމާއިއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް 20 ނޮވެންބަރު 2022ގެ 14:00ގެ ކުރިން ފޮނުވަން ވާނެއެވެ.

-        >> shorturl.at/ADW69 <<

މަގާމަށް ހޮވާ ގޮތް:

-        ހުށައެޅޭ ފަރާތްތަކުގެ މައުލޫމާތަށް ބަލާ، ސްކައުޓް އެގްޒެކެޓިވް ކޮމެޓީއަށް ގެންނަން ފެންނަ ފަރާތްތަކުގެ ނަންތައް ކަނޑައަޅާ ނެޝަނަލް ސްކައުޓް ކައުންސިލަށް ހުށައަޅާނީ އެސޯސިއޭޝަންގެ ހިންގާ ޤަވައިދާއި އެއްގޮތަށް ޗީފް ކޮމިޝަނަރެވެ.

 

މި ސަރކިއުލަރއާއި އެކު ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗާރ ޑޮކިއުމަންޓް އާންމުކުރަމެވެ. >> shorturl.at/amqKV <<

11 ނޮވެންބަރު 2022
ހޯދާ