އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސެލްމުބާރާތް

      މިކައުންސިލްގެ އިދާރާގެ ނަންބަރު  (IUL)355/355/2022/56(23 އޮކްޓޯބަރ 2022) އިއުލާނުން ފެންފުށީ ޒުވާނުންގެ ފުޓްސަލް މުބާރާތުގެ އިންތިޒާމްކޮށް ހިންގާ ކޮމިޓީ އަށް ކުރިމަތިލުމަށް ހުޅުވާލެވުނު ފުރުޞަތާ ގުޅިގެން އެކަށީގެންވާ އަދަދަށް ކުރިމަތިލާފައި ނުވާތީ އެކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

       މިމުބާރާތް އިންތިޒާމުކޮށް ހިންގުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިކޮމިޓީގެ މެންބަރަކަށް މުބާރާތުގަ ކުޅޭ ކޮންމެ މެޗަކަށް -/150ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) ގެ އެލަވަންސް އެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

      މިކޮމިޓީގައި ހިމެނުމަށްއެދި ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު ތިރީގައި އެވަނީ އެވެ.

  • ކުޅެފައިވާ ކޮންމެ މުބާރާތަކަށް 1 މާކްސް
  • ކުޅެފައިވާ ކޮންމެ ފުޓްބޯޅަ/ފުޓްސަލް މުބާރާތަކަށް 1.5 މާކްސް
  • އިންތިޒާމްކުރުމުގައި ހަރަކާތްތެރިވެފައިވާ ކޮންމެ މުބާރާތަކަށް 2 މާކްސް
  • އިންތިޒާމްކުރުމުގައި ހަރަކާތްތެރިވެފައިވާ ކޮންމެ ފުޓްބޯޅަ/ފުޓްސަލް މުބާރާތަކަށް 2.5 މާކްސް

       މުބާރާތް އިންތިޒާމްކޮށް ހިންގާކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީ އެވެ.

  1. މުބާރާތަށް ދަނޑު ތައްޔާރުކުރުން
  2. މުބާރާތުގެ މެޗުތަށް ލައިވް ކުރުން އަދި އެނައުންސްކުރުން
  3. މުބާރާތުގެ މެޗުތަށް ޖަޖުކުރުން / މަގާމުތަށް ހޮވުން
  4. އަދި މީގެއިތުރުން މުބާރާތް ފުރިހަމަ އިންތިޒާމެއްގެތެރެއިން ގެންދިއުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

ވީމާ، ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އިންތިޒާމްކޮށް ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާކަން އަންގައިދޭ ލިޔުމާއެކު ސިޓީއަކުން މުބާރާތުގެ ހިންގާ ކޮމިޓީގައި ހިމެނުމަށްއެދި މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

09 ނޮވެންބަރު 2022
ހޯދާ