ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކެނޑުމުގެ މުބާރާތް

`

އިޢުލާން

މަސްކެނޑުމުގެ މުބާރާތް

         ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފަރެސްމާތޮޑާގައި ފާހަގަ ކުރެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އެދުވަހުގެ މުނާސަބަތުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

         ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 ށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 20 ނޮވެމްބަރ 2022 ވަނަ ދުވަހު 14:00ގެ ކުރިން ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         14 ރަބިއަލް އާޚިރު 1444

         08 ނޮވެމްބަރ  2022

09 ނޮވެންބަރު 2022
ހޯދާ