ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުމަސްވެރިކަމުގެ މުބާރާތް

`

އިޢުލާން

ފަރުމަސްވެރިކަމުގެ މުބާރާތް

       ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފަރެސްމާތޮޑާގައި ފާހަގަ ކުރެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އެދުވަހުގެ މުނާސަބަތުގައި ފަރުމަސް ބޭނުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

       ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން  15 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 ށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމށްފަހު، 22 ނޮވެމްބަރ 2022 ވަނަ ދުވަހު 14:00ގެ ކުރިން ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       14 ރަބިއަލްއާޚިރު 1444

       08 ނޮވެމްބަރ  2022

09 ނޮވެންބަރު 2022
ހޯދާ