އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކާޕެންޓަރ

މަޤާމް:

ކާޕެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން:

  ސ.ގަން

ބޭނުންވާ އަދަދު:

 1

މަގާމުގެ ޝަރުޠު:

  • ދިވެހި، އިނގިރޭސި އަދި ހިސާބު ރަނގަޅަށް އެނގުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އނގޭ މީހަކަށްވެފައި ދެވޭ އިރުޝާދުތަކަށް ޢަމަލު ކުރަން އެނގުން.
  • އިމާރާތް މަރާމާތު ކުރުމުގެ ދާއިރާއިން ގިނަ އަދަދެއްގެ މަސައްކަތްތަކަށް ބޭނުންކުރާ ސާމާނު ބޭނުން ކުރަން އެނގުން.
  • ހަރުގަނޑު އަދި ސްކެފޯލްޑަށް އަރައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން.
  • ވަޑާންކުރުމަށް ގެންގުޅޭ އާލާއްތައް އެނގި ވަޑާމުގެ މަސައްކަތް ފުރިހަމައަށް ކުރަން އެނގުން
  • ދެވިފައިވާ މަސައްކަތެއްގެ އިރުޝާދުތައް އިނގޭ މީހަކަށްވެފައި އެއާ އެއްގޮތަށް ޢަމަލުކުރަން އެނގުން.

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެކަނި މަސައްކަތް ކުރެވޭފަދަ މީހަކަށްވުން.
  • ވަޑާންކުރަން ގެންގުޅޭ އުކުޅުތައް އެނގޭ، ހުނަރުވެރި އަދި ވަޑާންކުރުމަށް ގެންގުޅޭ ސާމާނު ރަނގަޅަށް ގެންގުޅެން އެނގޭ މީހަކަށްވުން.

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ވަޑާން ކުރުމާބެހޭ މަރާމާތުގެ މަސައްކަތް ކުރުމާއެކު އެއަރޕޯޓުގެ އެތެރެއާއި ބޭރުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރުން.
  • މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނުތައް ބެލެހެއްޓުން.
  • ވަޑާންކުރުމުގެ ދާއިރާއިން ގުޅުންހުރި އެހެނިހެން މަސައްކަތްތައް އަދާކުރުން.

 ހުށަހަޅަންޖެހޭ ލިއުންތައް:

  • އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވަޒީފާއަށް އެދޭ ފޯމް.
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ޕޮލިސް ރިޕޯޓް (3 މަސް ހަމަ ނުވާ).
  • ޕާސްޕޯޓް ސައިޒް ޕޮޓޯއެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (މުއްދަތު ހަމަނުވާ).

ސުންގަޑި:

2022، ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

ބިލްޑިންގ ނަންބަރ 100، ސ.ގަން

އައްޑޫ ސިޓީ

ފޯނު: 6898010  އީމެއިލް:[email protected] / [email protected]      

08 ނޮވެންބަރު 2022
ހޯދާ