އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އިމާމު/މުދިމުންގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް

އިޢުލާން

  ފޭދޫ އަވަށުގެ މިސްކިތްތަކަށް ބޭނުންވާ އިމާމު/މުދިމުން ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ފޭދޫގެ ޒުވާނުންގެ ތެރެއިން އިމާމު/މުދިމުން އުފެއްދުމަށްޓަކައި ފޭދޫ އަވަށު އޮފީހާއި، ފޭދޫ ސްކޫލާއި ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ވެވޭނީ ޖީ.ސީ އޯލެވެލް ނުވަތަ ގްރޭޑް 10އެއް ނިންމާފައިވާ ޒުވާނުންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތް ތަކަށެވެ.

  މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައި ދެއްވާނީ މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގައި ކިޔަވައި ދެވޭ ފެންވަރުގެ މުދައްރިސުންނެވެ. މީގެ އިތުރަށް ޚާއްޞަ ސެޝަންތަކަށް، ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން  މެދުވެރިކޮށް އޮންލައިން ކްލާސްތައްވެސް ކުރިޔަށް ގެންދެވޭނެއެވެ.

  ވީމާ، މިކަމަށް ޝައުޤުވެރި ވާފަރާތްތަކުން 14 ނޮވެމްބަރ 2022ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ފޭދޫ އަވަށު އޮފީހަށް ސިޓީ/އީމެއިލް އިން ހުށަހެޅުއްވުން އެދެމެވެ.

  އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

13 ރަބީޢުލްއާޚިރު 1444

07 ނޮވެމްބަރ  2022

07 ނޮވެންބަރު 2022
ހޯދާ