އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގައި ކުޅެން ފެށުން

ފުޓްބޯޅަ ދަނޑުގައި ކުޅެން ފެށުން

7 ނޮވެންބަރު 2022 ވަނަ ދުވަހުން ފެށިގެން ފެންފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެންފެށުމަށް އާންމުކޮށްހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ފުޓްބޯޅަ ދަނޑުބޭނުން ކުރުމާ ގުލޭގޮތުން ސަމާލުކަންދޭންވީ ކަންކަން ތިރީގައި މިވަނީއެވެ.

  • ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮށްސުމާ ހަމައަށް، ޒުވާނުން (ސްކޫލް ގްރޭޑް 9، 10 ގައި ކިޔަވާ ދަރިވަރުންވެސް ހިމެނޭގޮތަށް) ފުޓްބޯޅަ ކުޅުމަށް.
  • ދަނޑުގައި ކުޅުން އެންމެ ރަންގަޅީ މެޗްބޫޓް (އުންޖެހި ބޫޓް) ގައެވެ. ދަގަނޑު އުންޖެހި ބޫޓް ބޭނުންކުރުމަކީ މަނާކަމެކެވެ. މިދަނޑުގައި ކުޅުމަށް އަލަށް ބޫޓުގަންނަ ފަރާތްތަކުން އުންޖެހި ބޫޓް ގަތުން އެދެވިގެންވެއެވެ.
  • ދަނޑަށް ކުޅެން އަންނަ ފަރާތްތަކުން، ދަނޑަށް އަންނަންވާނީ ބޫޓް އަތުން ހިފައިގެން، ދަނދަށް އަރަންވާނީ ފައިވާ ބަހައްޓަފައި ބޫޓުން ރަނގަޅަށް ވެލި ސާފުކޮށްގެން، ބޫޓަށް އަރަންވާނީ ދަނޑުގެ ޕޭވްމަންޓް މަތީ ނުވަތަ ވިނަގަނޑު މަތީގައެވެ.
  • ކުޅެމުންދާ ވަގުތު ވެލިގަނޑު މައްޗަށް ބޯޅަ ބަލައިދާންޖެހިއްޖެ ނަމަ ދަނޑަށް އަރަންވާނީ ރަނގަޅަށް ބޫޓުން ވެލި ސާފުކުރުމަށްފަހުއެވެ.
  • ކުޅެ ނިމިގެން ދަނޑުން ފައިބަންވާނީ ބޫޓް ބޭލުމަށްފަހު ބޫޓް އަދި އިސްޓަކީން ތެރެއަށް އެޅިފައިވާ ރަބަރުތަށް ސާފުކުރުމަށް ފަހުގައެވެ.
  • ދަނޑު މަތީގައި ކުޑަ ގޯލް ބަހައްޓައިގެން ކުޅޭނަމަ، ކުޅެންވާނީ އެކި  ދުވަހު ދަނޑުގެ އެކި ސަރަހައްދުގައެވެ.

ވީމާ މިކަން އާނމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

07 ނޮވެންބަރު 2022
ހޯދާ