ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަޤާމު: ޕްރޮޖެކްޓް އޮފިސަރ

ރޭންކް: އެމް އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ: ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން: އިކޮނޮމިކް ޑިވެލޮޕްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ވިލިނގިލީ ކައުންސިލް އިދާރާ

މުސާރަ: 5610.00

ސަރވިސް އެލަވަނސް: 2000.00

ބޭނުންވާ އަދަދު: 1

މަޤާމުގެ ޝަރުޠުތައް:              

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ.
  3. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،
  4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދީ، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، ޖީއެސް 4 ރޭންކްގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ވުން.

މަޤާމުގެ މައްސޫލިއްޔަތާއި، ވާޖިބުތައް:

1. ކައުންސިލުން އެކުލަވައިލާފައިވާ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ފައިނޭންޝިއަލް ޕްލޭން ތަންފީޒުކުރުން.

2. ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތީން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެމަތީން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި، ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، ބިންތަކަށް ލިބޭ ކުލީގެ ފައިސާގެ ބަލައިގަނެ، ރިޕޯޓް ތައްޔާރުކޮށް، ފައިސާބެހޭ ސެކްޝަނާ ދުވަހުން ދުވަހަށް ފައިސާ ހަވާލުކުރުން.

3 .ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤްތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް، ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު ކަންކަމަށް ފަންޑް އުފެއްދުން.

4. ރަށުގެ ލައިބްރާރީ ހިންގުމާއި، ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފްކުރުމާއި، ރަށުގެ ތާރީޚީ ލިޔުންތަކާއި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ލައިބްރަރީގައި ބެލެހެއްޓުމާއި، ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމް ޤާއިމްކުރުން.

5. ކައުންސިލުގެ ތަރައްޤީގެ ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުން.

6. ކައުންސިލުން އެކުލަވައިލާ ރިޕޯޓްތައް އެކުލަވައިލުމުގެ މަސައްކަތް ކުރުމާއި، ސެކްޝަނުގައި ކުރެވޭ މިފަދަ މަސައްކަތްތައް ކުރުމާއި، ސެކްޝަނުގައި ކުރެވޭ މިފަދަ މަސައްކަތްތަކަށް އެހީ ތެރިކަން ފޯރުކޮށްދިނުން.

7. ކައުންސިލް އިދާރާގެ ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ހީވާގި، 55 އަހަރު ނުފުރޭ މީހުނަށް އިސްކަންދެވޭނެއެވެ.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު: 

މި މަޤާމަށް އެދޭ ފަރާތްތަކުގެ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، ވަޒީފާއަށް އެދެންޖެހޭ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގައެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 14.30 ގެ ކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމާއެކު، މަތީގައިވާ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރުގަޑިއާއި، ޢިނާޔަތްތައް:         

ހަމަޖެހިފައިވާ ޤަވާއިދުތަކާއެއްގޮތަށް، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ، ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ވަޒީފައަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތައުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދުކޮށްފައިވާ ލިއުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށްފެންނާނޭ ލިޔެފައިވާ ލިއުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު. (ސީވީ)

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފްކުރުމަށް ގުޅާނީ، މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6824680 އެވެ. އީމެއިލްކުރާނީ [email protected]  އަށެވެ.

                     9  މުޙައްރަމް 1436           

02 ނޮވެންބަރު 2014
ހޯދާ