މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ރަތްމަންދޫ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާރކު ޤާއިމް ކުރާ ބިން ސާފުކުރާނެ ފަރާތެއް ހޯދުން

 

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

     ރަތްމަންދޫ، ދިވެހިރާއްޖެ.                                 ނަމްބަރ: (IUL)362/362/2022/30

 

މުލަކަތޮޅު ރަތްމަންދޫ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާރކް އެޅުމަށް ކަނޑައަޅާފައިވާ ދެ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށްކުރެވުނު މިއިދާރާގެ ނަމްބަރ: 28/2022/362/362(IUL) އިއުލާނާއި ގުޅިގެން ތިން ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވާތީ، މި ދެބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

                 މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓް އިން ރަތްމަންދޫގައި ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާރކް އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ. މި ދެބިން ސާފުކޮށްދޭ ފަރާތަކަށް މަސައްކަތުގެ އަގެއްގެ ގޮތުން މި ދެބިމުގައި ހުރި ރުއްގަސް އެފަރާތަކަށް  ލިބޭނެއެވެ. އަދި މީގެ އިތުރުން މި ރުއްގަހަށް އަގެއް މިކައުންސިލަށް ދެއްވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

v     ފުޓްސަލް ދަނޑު ބޮޑުމިން '146 û '93

v     ކުޑަކުދިންގެ ޕާރކު ބޮޑުމިން '130 û '35

                މި ބީލަން ހުޅުވާލެވިފައިވަނީ ނަންބަރ: 2014/18 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު" ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށާއި، ނަންބަރު: 2014/19 " އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން" ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ.

                މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ  އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.    މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އަޙްމަދު މުފީދު (ފޯން ނަންބަރ: 7916391) އާއި ގުޅުންވުން އެދެމެވެ.

               އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ސިޓީއާއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި ބަދަލުގައި އަންނަފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް އިއުލާނާއެކު އެންހީރަސް ކުރެވިފައިވާނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                  08 ރަބީޢުލްއާހިރު  1444

                  02   ނޮވެމްބަރ  2022

02 ނޮވެންބަރު 2022
ހޯދާ