އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އައިޓީ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އދ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އައިޓީ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 01 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުން ފެށިގެން 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އދ. އަތޮޅު ހޮސްޕިޓަލް ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

01 ނޮވެންބަރު 2022
ހޯދާ