އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ އ.ތ.މ ކޮމިޓީގެ އިމާރާތުގެ ފައުންޑޭޝަން އަދި ތަނބުތަށް އަޅާނެ ފަރާތެއް ހޯދުން

                                 އިޢުލާން

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ އ.ތ.މ ކޮމިޓީގެ އިމާރާތުގެ ފައުންޑޭޝަން އަދި ތަނބުތަށް އަޅާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ އ.ތ.މ ކޮމިޓީގެ އިމާރާތުގެ ފައުންޑޭޝަން އަދި ތަނބުތަށް އަޅާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ

ނަންބަރު: (IUL)348-EM/348/2022/121 އިޢުލާނާއި ގުޅިގެން މި މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ،

އެ އިޢުލާން ބާތިލްކޮށް ،މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިމާރާތުގެ ފައުންޑޭޝަން އެޅުމާއި ތަނބުތަށް މަރާމާތު

ކުރުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.  

ބިޑް ރަޖިސްޓްރީ ކުރުން

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2022 ނޮވެމްބަރ 1 ވާ އަންގާރަ ދުވަހުން ފެށިގެން

2022 ނޮވެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ

ކުރުމަށްފަހު ފޮނުއްވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް މެދުވެރިކޮށް ފޮނުވޭނެވާހަކަ ދަންނަވާލަމެވެ.

ރަޖިސްޓަރީވުމަށް: https://forms.office.com/r/QyVTCWTYXM

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ

ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި

ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް

ލިޔެފައި ފޮނުވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

 

ޕްރީ ބިޑް މީޓިންގ

މި ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ނޮވެމްބަރ 14 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 ގައި ކައުންސިލް

އިދާރާގެ މީޓިންގ ރޫމްގައެވެ.

 

ބިޑް ހުށަހެޅުން

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 ނޮވެމްބަރ 16 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ

އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2022 ނޮވެމްބަރ 16 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް

ބަލައި ނުގަނެވޭނެކަން އަންގަމެވެ. ބީލަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ ބީލަން ބަލައި

ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް ހުޅުވުން

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 ނޮވެމްބަރ 16 ވާ ބުދަ ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ

ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

  1. އިމާރާތް ކުރުމަށް ފައުންޑޭޝަން އަދި ތަނބުތައް އެޅުން. (ކުރެހުމާއި އެއްގޮތަށް އެޅުން)
  2. ފައުންޑޭޝަން ލެވަލްކޮށް ރޭނުން.

ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތާއިއެކު ކުރެހުން މެއިލް ކުރެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

31 އޮކްޓޫބަރު 2022
ހޯދާ