އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ވެލްޑަރ

ލޭބަރ ، ވެލްޑަރ

  • ބޭނުންވާ އަދަދު:  01   
  • މުސާރަ: މުސާރައާއި އިނާޔަތްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.

ކުރަންޖެހޭ މަސައްކަތް:

 ވެލްޑިންގ މެޝިންތަށް (ގޭސް އަދި އާރކް މެޝިން) ބޭނުންކޮށްގެން ވެލްޑިންގ މަސައްކަތް ކުރުން.

ވެލްޑިންގ މަސައްކަތްތަށްކުރުމަށް ބޭނުންވާ ސާމާނު އަދި މެޝިންތަށް ތައްޔާރުކޮށްފައި ބެހެއްޓުން.

ލެޑް ޕައިޕް، ވެލްވްސް، ފްލޯރސް ފަދަ ތަކެތި މަރާމާތުކޮށް ހަރުކުރުން.

މެޓަލް ޝޭޕިންގ މެޝިން، ޝިއަރސް، އަދި މިނޫންވެސް ދަގަނޑު ޝޭޕްކުރާފަދަ މެޝިންތަށް ބޭނުންކުރުން.

މަތީގައިވާ މަސައްކަތްތަކުގެ އިތުރުން ދާއިރާއާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތަށް އަދާކުރުން.

 މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން02 ނޮވެންބަރު 2022 ވާ ހޯމަ ދުވަހުގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެދުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.އަދި ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

 

25 އޮކްޓޫބަރު 2022
ހޯދާ