ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކައިވެނިކޮށްދޭނެ ގަޑިތައް އިޢްލާންކުރުން

 

         ޤަވާޢިދު ނަންބަރު: 2022/R-99   (ޢާއިލާއާބެހޭ ޤަވާޢިދު)ގެ 8 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން، މިކޯޓުން، ކޯޓްގައްޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ގަޑިތައް ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާކަން އާންމުކޮށް އިޢްލާންކުރަމެވެ.

ރަސްމީ ދުވަސްތަކުގައި.

ގަޑިތައް

ރަސްމީ ދުވަސްތަކުގައި (ރަސްމީ ގަޑީގައި، ކޯޓްގައި ކައިވެނިކޮށްދޭ ގަޑިތައް)

11:00 ން 13:30 ށް

ރަސްމީ ދުވަސްތަކުގައި (ނުރަސްމީ ގަޑީގައި، ކޯޓްގައި ކައިވެނިކޮށްދޭ ގަޑިތައް)

20:30 ން 21:30 ށް

ރަސްމީ ދުވަސްތަކުގައި (ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް)

16:00 ން 17:00 ށް

20:30 ން 21:30 ށް

ރަސްމީ ބަންދު ދުވަސްތައް

 

ހުކުރު ދުވަސް (ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް)

20:30 ން 21:30 ށް

ހޮނިހިރު ދުވަސް (ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް)

16:00 ން 17:00 ށް

20:30 ން 21:30 ށް

ސަރުކާރު ބަންދު އެހެން ދުވަސްތައް (ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް)

16:00 ން 17:00 ށް

20:30 ން 21:30 ށް

 

      ރަސްމީ  ބަންދު ދުވަސްތަކުގައި ކޯޓްގައި ކައިވެނިކޮށްދޭގޮތަށް ހަމަޖެހިފައިނުވެއެވެ. އަދި ޙައްޖު ދުވަހާއި، ފިތުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހާއި މުލަ ރޯދަ ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިނުވާކަމުގައި ދެންނެވީމެވެ.

23 އޮކްޓޫބަރު 2022
ހޯދާ