އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ޕަވަރހައުސް އެޖެންޓް ޓްރެއިނީ

 

IAS/MIS/2022-2517                                                                       23 އޮކްޓޫބަރު 2022           

ވަޒީފާގެ ފުރުޞަތު

އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑްގެ ފަރާތުން ހިންގާ ތ. ތިމަރަފުށި އެއާރޕޯރޓްގައި ވަޒީފާ އަދާކުރެއްވުމަށް ޝައުގުވެރިވާ ޤާބިލް ދިވެހިންނަށް ތިރީގައި ބަޔާންކުރެވިފައިވާ ވަޒީފާގެ ފުރުސަތަށް މަރްޙަބާ ދަންނަވަމެވެ. 

 

ޕަވަރހައުސް އެޖެންޓް ޓްރެއިނީ  (ޖޮބް ރިފަރެންސް ނަމްބަރު:(J/2022/125

ކުރަންޖެހޭ މައިގަނޑު މަސައްކަތް: އެއާރޕޯރޓްގެ އިންޖީނުގެ ބެލެހެއްޓުމާއި އިންޖީނުގޭގައި ބެހެއްޓިފައިވާ ތަކެތީގެ ސާފުކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުތު:

- ޖީސީއީ އޯ ލެވެލްގެ އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް 3 މާއްދާއިން ދައްވެގެން ސީ ފާސް ލިބިފައިވުން.

- ނުވަތަ މަގާމާއި ގުޅޭ މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާހުރި މީހަކަށް ވުން.

- އިލެކްޓްރިކަލް / މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތުގެ ތަޖުރިބާ ހުރުން.

- މިމަޤާމަށް މީހަކު ހޮވުމުގައި މަސައްކަތުގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެ.

މުސާރަ: 10،500 - 11،500ރ

                

މި މަގާމަށް ހޮވޭފަރާތްތައް މަސައްކަތްކުރަންޖެހޭނީ ތ. ތިމަރަފުށީ އެއަރޕޯޓްގައެވެ. އަދި މިމަގާމުތަކަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ މީހުންނަށް އިސްކަންދެވޭނެއެވެ. ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، 30 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓް، އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް

ދާރުލް ޢީމާން ބިލްޑިންގ 20345، މާލެ، ދިވެހިރާއްޖެ

ފޯން ނަމްބަރު: 3331292 / 3035419 ފެކްސް ނަމްބަރ: 3314806

އީމެއިލް: [email protected]

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯރމް މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aeroއެވެ. އަދި މި ވަޒީފާ އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުތުހަމަނުވާ އެޕްލިކޭޝަންސް ޑިސްކުއަލިފައި ވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯރޓްލިސްޓެޑް ފަރާތްތަކަށް ކަމުގައިދެންނެވީމެވެ. 

 

23 އޮކްޓޫބަރު 2022މ.

27 ރަބީޢުލްއައްވަލް 1444ހ.

23 އޮކްޓޫބަރު 2022
ހޯދާ