ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުވައްޒަފުން ބޭނުންވާ މަޤާމްތައް

މަޤާމުގެ ނަން:  އެޑްމިނިސްޓްރޭޓިވް އޮފިސަރ            މަޤާމް އޮތް އޮފީސް: ހިރިޔާ ސްކޫލް  

މުސާރަ: މަހަކު -/5020 ރުފިޔާ                    ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ 

އަދަދު: 1 (އެކެއް)                           ވަޒީފާއަދާކުރަންޖެހޭ ސެކްޝަން: ބަޖެޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހިރިޔާ ސްކޫލް، ކ. މާލެ        ރޭންކް: ޖީ. އެސް 4    

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2       

މަޤާމުގެ ޝަރުޠު:  

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2.  މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސާއި، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކަނޑައެޅިފައިވާ ހަފުތާއެއްގައި އޮފީސް ހުޅުވުމާއި، އޮފީސް ނިމުމުން، އޮފީސް ބަންދުކޮށް ތަޅުދަނޑި އެޅުވުން.
  2. ސްކޫލުގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންގެ ވިސާއާއި ވާރކްޕާމިޓް މުއްދަތު ހަމަވުމުގެ ކުރިން ޗެކްކޮށް، ވިސާ އާކުރުމުގެ ހުރިހާ ކަމެއް ކުރުމާއި، ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ޗުއްޓީގައި އެނބުރި ޤައުމަށް ފުރުމުގެ ހުރިހާ މަސައްކަތެއް ކުރުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން އެ މުވައްޒަފުންނަށް ފުރުމާއި، އަނެއް އަހަރުގެ ރިޕޯޓްކުރުމަށް ހަމަޖެހިފައިވާ ދުވަހަށް ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  3. ސްކޫލުގައި ކިޔަވަމުންދާ ބިދޭސީ ދަރިވަރުން ސްކޫލަށް ދައްކަންޖެހޭ ފީ ބަލައިގަތުމުގެ ކަންތައްކުރުން.
  4. އެކިގޮތްތޮތުން ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން.
  5. ސްކޫލުގެ ތިޖޫރީ ބެލެހެއްޓުން.
  6. ސްކޫލުގެ ޓްރަސްޓް ފަންޑު ބެލެހެއްޓުން.
  7. ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމާއި، ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ،ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.
  8. ސްކޫލުގެ މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުން.
  9. އިޢުލާނުކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި ކުރަންޖެހޭ މަސައްކަތްކުރުން.
  10. ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 17 ވާ ހޯމަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

- ވަޒީފާއަށް އެދޭ ފޯމް، ހިރިޔާ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

- މިމަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ހިރިޔާ ސްކޫލުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށައި، ތަޖުރިބާއަށާއި،  މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ.  އިންޓަވިއުކުރެވޭނީ ޝޯޓް ލިސްޓުކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

- އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަމްބަރާ ގުޅުން އެދެމެވެ.

04 ނޮވެންބަރު 2014
ހޯދާ