މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މިރަށުގައި ސަރުކާރުން ޤާއިމުކުރަމުންދާ ފެނުގެ ނިޒާމުގެ މަޝްރޫޢުގެ ދަށުން އަޅަންޖެހޭ ފެންހޮޅި އެޅުމަށް ކަނޑައެޅިފައިވާ ބިންތަކުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު މި ކައުންސިލުން ހޯދަން ބޭނުންވެއެވެ.

ވީމާ، ތިރީގައި މިދަންނަވާ ސަރަޙައްދުތަކުގައި ހުރި އަމިއްލަ މީސްމިހުންގެ ރުއްގަހުގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، މަޢުލޫމާތުދޭ ފަރާތުގެ ނަމާއި އެޑްރެސް، ރުއްގަސްހުރި ސަރަޙައްދު އަދި ރުކުގައި ދަވާދުން ޖަހާފައިވާ ނަންބަރު) އިނގޭނޭހެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިއަދުން ފެށިގެން 07 ( ހަތެއް ) ދުވަހުގެ ތެރޭގައި މިކައުންސިލަށް ލިޔުމުން މަޢުލޫމާތު ނުލިބޭ ރުއްގަހުގެ ވެރިފަރާތެއް ނެތްކަމަށް ބަލއި ނައްތާލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

  • ބަނދަރުގެ މޫނުމަތި (ޖިންގާ މާރޓުގެ ކުރިމަތި) ރަތްކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ ރުއްގަސް
  • 40 ފޫޓް މަގުގެ ބިތްދޮށް  (އިރުމަތީކޮޅު) ކަޅު ކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ ރުއްގަސް
  • މަންޒިލުގޯތީގެ އުތުރުން ފެށިގެން ނާރެސްގެއާ ހަމައަށްވާ ސަރަހައްދުގައި ކަޅު ދަވާދުން ފާހަގަކޮއްފައިވާ ރުއްގަސް

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

19 އޮކްޓޫބަރު 2022
ހޯދާ