ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ތިރީގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް 30 ސެޕްޓެންބަރު 2014 ގައި ކުރި ނަންބަރު IUL)427-OPR/1/2014/58) އިޢުލާނުގައި ބަޔާންކޮށްފައިވާ ޓްރެއިނިންގ ރިކުއަރމެންޓްސްއަށް ބަދަލުގެނަސްފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އެކަމަށް އަލުން އިޢުލާން ކުރަމެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ތިރީގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތަމްރީނު ކުރުމަށް ބޭނުންވާ ދާއިރާ އަދި މި ޕްރޮގްރާމާ ބެހޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2014 ވާ (ބުދަ) ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ކޮމިޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންދެއްވުން އެދެމެވެ.
ތަމްރީނު ކުރުމަށް ބޭނުންވާ ދާއިރާ:
- Personal Awareness and Development / Self-Management/ Time Management : 04 hours
- Problem Solving Creatively : 04 hours
- ބައިވެރިންގެ އަދަދު: 21
- މި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިކޮމިޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
- ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ބައިތައް:
- ކޮމްޕެނީ ޕްރޮފައިލް؛
- ތަމްރީނު ހިންގުމަށް ހަމަޖެހިފައިވާ ޓްރޭނަރުންގެ ވަނަވަރު؛
- ކޮންމެ ތަމްރީނު ޕްރޮގްރާމެއްގައި ކަޔަވައިދޭނެ ބައިތަކުގެ ތަފުސީލު؛
- ކޮންމެ ތަމްރީނު ޕްރޮގްރާމަކަށް ހިނގާނޭ ވަގުތު؛
- ކޮންމެ ތަމްރީނު ސެޝަނެއް ހިންގުމަށް ހުށަހަޅާ އަގު ވަކިން އެނގޭނެހެން؛
- ތަމްރީނު ނިމުމުން، ތަމްރީނުކުރާ ފަރާތުން ބައިވެރިންނަށް ސެޓުފިކެޓު ދެވޭނެނަމަ، އޭގެ ފޯމެޓް؛
- ޕޮއިންޓްސް ދެވޭނެ ގޮތް:
- މިފަދަ ތަމްރީނު ދިނުމުގެ ތަޖުރީބާ 40 ޕޮއިންޓްސް
- މި (02) ދެ ތަމްރީނު ޕްރޮގްރާމް ހިންގުމުގެ ޖުމްލަ އަގު؛ 50 ޕޮއިންޓްސް
- ކޮންމެ ތަމްރީނު ޕްރޮގްރާމެއްގައި ކިޔަވައިދޭނެ ބައިތައް؛ 10 ޕޮއިންޓްސް
- ނޯޓް:
- ޕޮއިންޓްސް ދިނުމުގައި ތަމްރީނު ހިންގައިދޭ ޓްރޭނަރުންގެ ވަނަވަރު ބެލެވޭނެއެވެ.
- ޕޮއިންޓްސް ދިނުމުގައި ކޮންމެ ސެޝަނެއްގެ ވަކިވަކި އަގަށް ބެލޭނެއެވެ.
09 މުޙައްރަމް 1436