ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސްކޫލުގެ މެއިން ގޭޓް ބަދަލުކުރުމާބެހޭ

ހިތަދޫ ސްކޫލުގެ ފާރު އުސްކުރުމާއެކު މެއިން ގޭޓު ބަދަލުކުރަން ވަރަށް އަވަހަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.         

06 ނޮވެންބަރު 2014
ހޯދާ