ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ހިތަދޫ ސްކޫލަށް ޓީޗަރުންގެ މޭޒު ޖަހަން

ހިތަދޫސްކޫލަށް ޓީޗަރުންގެ މޭޒު ޖަހަން ބޭނުންވެއްޖެ:

ސ. ހިތަދޫ ސްކޫލަށް ބޭނުންވާ ތިރީގައި މިދަންނަވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ވަރަށް އަވަހަށް ބޭނުންވެއެވެ.

30 ލަކުޑި މޭޒު (ޓީޗަރ މޭޒު) 

ވީމާ، މިމަސައްކަތް ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.           

06 ނޮވެންބަރު 2014
ހޯދާ