ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

އިއުލާން

 

އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރެއް ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން އެކުލަވާލަން ބޭނުން ވެއެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދުވާލަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އުޖޫރައެއް ދެވޭނެއެވެ. އުޖޫރަދެވޭނީ މަސައްކަތް ކުރާ ދުވަހަކަށެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮކްޓޯބަރ 2022މ. ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ތަޢުލީމީ ފެންވަރު ސާފުވާނެ ސެޓްފިކެޓެއް ނުވަތަ މަސައްކަތުގެ ތަޖުރިބާ ސާފުވާނެ ލިޔުމެއްގެ ކޮޕީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. މި ކޯޓުގެ އީ-މެއިލް [email protected] އަށް މެއިލް ކުރައްވާ ސިޓީއާއި ލިޔުންތައް އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.

 

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 އޮކްޓޫބަރު 2022
ހޯދާ