ކިނޮޅަހު ސްކޫލް/ރ.ކިނޮޅަސް
ދިވެހިރާއްޖެ
ނީލަމުގައި ނުވިކި ހުރި މުދާ އަލުން ނީލަން ކިޔުން

މި އޮފީހުގެ ނަންބަރު (IUL)GS-122/2022/09 އިޢުލާނުގައިވާ ގޮތުގެމަތިން، 2022 އޮކްޓޯބަރު 12 ވަނަ ދުވަހު ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން 2022 އޮކްޓޯބަރު 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ކިނޮޅަހު ސްކޫލްގެ ގޯތިތެރޭގައި އޮންނާނެއެވެ. މިދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.  

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2022 އޮކްޓޯބަރު 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2022 އޮކްޓޯބަރު 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00  އަށް ސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ ސްކޫލަށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 އޮކްޓޫބަރު 2022
ހޯދާ