މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

ނަންބަރު:H13C-A/2022/14

 

          މިކޯޓުގެ އަގުކޮމެޓީގެ ދަފްތަރު އެކުލަވާލަން ބޭނުންވާތީ، އަގުކޮމެޓީގެ މެންބަރުން ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކުރަމެވެ.

މަޤާމް

އަގުކޮމެޓީގެ މެންބަރު

މަސައްކަތްކުރަންޖެހޭ ތަން

ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓް

އުޖޫރަ އާއި ޢިނާޔަތްތައް

1-  މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ

2-  އަތޮޅުގެ އެހެންކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއް އަގުކުރަން ޖެހިއްޖެނަމަ، އުޖޫރައިގެ އިތުރުން ހުރުމާއިކެއުމާއި ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެއެވެ.

އަސާސީ ޝަރުޠު

1-  ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

2-  ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސައްކަތް

ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން

ހުށަހަޅަންޖެހޭ ތަކެތި

1-  އަގުކޮމިޓީގެ މެމްބަރުކަމަށްއެދޭ ސިޓީ

2-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4-  މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

5-  މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

18 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 6640331 ފޯނާއި ގުޅުއްވުން އެދެމެވެ.

11 އޮކްޓޫބަރު 2022
ހޯދާ