މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ކައުންސިލަށް ޕިކަޕެއް ކުއްޔަށް ހިފުން

   ނަމްބަރ: (IUL)295-PR/295/2022/71

                                       

އިޢުލާން

                      

      ނ. ހޮޅުދޫ ގޭބީސީތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށް ޕިކަޕެއް 2 މަސްދުވަހުގެ މުއްދަތަޢް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި އިދާރާއިން ކުރި އިޢުލާން ނަމްބަރ:  (IUL)295-PR/295/2022/68 އާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮކްޓޯބަރ 2022 ވާ ބުރާސްފަތިދުވަހުން ފެށިގެން  11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް  10:00 ން 11:00 އަށް ކައުންސިލް އިދާރާގެ ނަމްބަރ 6560009 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް  ހުށަހެޅުއްވުން  އެދެމެވެ. ޕްރޮޕޯސަލްތައް  ކެނޑުން  އޮންނާނީ 11 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ  11:05 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

      ޕްރޮޕޯސަލް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

 

06 އޮކްޓޯބަރ 2022

06 އޮކްޓޫބަރު 2022
ހޯދާ