މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

 

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި، އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުމާއި ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  • އެމްއެމްއޭއިން ގާއިމްކުރަމުންދާ ޕޭމަންޓް ސިސްޓަމްގެ އެޕްލިކޭޝަން އެޑްމިނިސްޓަރގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޕޭމަންޓް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން.
  • ޕޭމަންޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމުގައި އެހީތެރިވެދިނުން.
  • ޕޭމަންޓް ސިސްޓަމްޓަމްގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.  
  • ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓާއި ގުޅުން ހުރި އެކިއެކި ފަރާތްތަކާއި މުއާމަލާތްކޮށް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ޕޭމަންޓްސް ޕްރޮޖެކްޓް އާއި ގުޅޭގޮތުން ތައްޔާރުުކުރަންޖެހޭ އެކިއެކި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސިޖަރސްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

ޑެވެލޮޕަރ 

ސެކްޝަން/ޑިވިޜަން:

ސްޓެޓިސްޓިކަލް އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ތިރީގައި މިދަންނަވާ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 - ޕީއެޗްޕީ، އެސްކިޔޫއެލް، ޕައިތަން ޕޮރޮގްރާމިން ލެންގުއޭޖް އެނގި   އެމްވީސީ ފަދަ ޑިޒައިން ޕެޓާރންތަކަށް އަހުލުވެރިވެފައިވުމާއެކު އެޕްލިކޭޝަން   ޑިޒައިންކޮށް ކޯޑު ކުރުން.

 - އެޕްލިކޭޝަން ކޯޑުގެ ޖެހޭ މައްސަލަ ދެނެގަނެ ހައްލުކުރުން.

 - ލިނަކްސް އޮޕަރޭޓިންގް ސިސްޓަމް ބޭނުން ކުރަން އެނގުމާއެކު ވާޝަން   ކޮންޓްރޯލް ސިސްޓަމް ބޭނުންކޮށް ކޯޑު މެނޭޖުކުރުން.

  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްޓެޓިސްޓިކްސް ޑިވިޝަންގެ ތަފާސްހިސާބާ ގުޅޭ ޑޭޓާ ވެއަރހައުސް ޑިޒައިން ކުރުމާއި ޑެވެލޮޕްކުރުމާއި ޑޭޓާބޭސްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ޑޭޓާބޭސްގެ ޕާފޯމަންސް މޮނިޓަރކޮށް ރިވިއުކުރުމުގެ އިތުރުން ޑޭޓާބޭސް މެނޭޖްމަންޓް ޓެސްޓްތައް ހެދުން.
  • ޑޭޓާބޭސް ބޭނުންކުރާ ފަރާތްތަކަށް ސިސްޓަމްތަކާ ގުޅޭ ތަމްރީނު ފޯރުކޮށްދިނުން.
  • އެމްއެމްއޭގެ ސްޓެޓިސްޓިކްސް ޑޭޓާބޭސް (ކުއަރީ ޑޭޓާބޭސް) އިތުރަށް ޑެވޮލޮޕްކޮށް ބެލެހެއްޓުން.
  • ތަފާސްހިސާބްތަކާ ގުޅޭ އެމްއެމްއޭގެ މޯބައިލް އެޕްލިކޭޝަން 'ވިޔަ' އަދި ވެބް އެޕްލިކޭޝަންގެ ބެކްއެންޑާއި ގުޅޭ ޑެވެލޮޕްމަންޓް މަސައްކަތްތައް.
  • ތަފާސްހިސާބްތަކާގުޅޭ ޑޭޝްބޯޑްތައް ޑެވެޕޮލްކޮށް ބެލެހެއްޓުން.
  • ޑޭޓާބޭސްތަކާ ގުޅޭގޮތުން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ސެކްޝަން / ގަވަރުނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ރާއްޖޭގެ ޤާނުނުތަކާ ޤަވާއިދުތަކާ އަދި ރާއްޖޭގެ ކޯޓުތަކުގެ އިޖުރާޢަތްތަކާ ބެހޭ މައުލޫމާތު ހުރުން.
  • ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން (ޢާއްމު އަދި ޤާނޫނީ ބަސްމަގުން) ލިޔެކިޔުމުން މުޢާމަލާތުކުރުމުގެ ހުނަރާ ތަޖްރިބާ ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭގެ މަސައްކަތްތަކަށްް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ޑްރާފްޓް ކުރުމާ ތަރުޖަމާ ކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ބިޒްނަސް އެނަލިސިސް އާއި ގުޅޭ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އޮތޯރިޓީގެ އެކިއެކި ބިޒްނަސް ޕްރޮސެސްތައް ދިރާސާކޮށް އަދި ބޭނުންކުރަމުންދާ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްސްތައް ދިރާސާކޮށް އޮތޯރިޓީގެ މަސައްކަތްތައް ތަރައްޤީކުރުމަށް ބޭނުންވާނެ ސިސްޓަމްސްތައް ހުށަހެޅުން.
  • އޮތޯރިޓީގެ އެކިއެކި ޑިވިޜަންތަކުގެ ބިޒްނަސް ރިކުއަރމަންޓްތައް ދެނެގަނެ ޕްރޮގްރާމް ހަދާ ފަރާތްތަކަށް ބޭނުންވާނެހެން ޓެކްނިކަލް ރިކުއަރމަންޓްސް ތައްޔާރުކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 22,300.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިންޓަރނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންސް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑީގްރީ ހާސިލްކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި، އިގްތިޞާދާ ގުޅޭކަންކަން ދިރާސާކޮށް އެ ދިރާސާގެ މައްޗަށް ބިނާކޮށް ލިޔުންތައް ލިޔުމުގެ ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުމާއި ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބައިނަލްއަޤްވާމީ އިޤްތިޞާދުތަކަށް އަންނަ ބަދަލުތައް މޮނިޓަރކޮށް އެނަލައިޒްކުރުމާއި ރިޕޯޓް ތައްޔާރުކުރުން.
  • އިޤްތިޞާދަށް އަންނަ ބަދަލުތަކާގުޅޭ ޓެކްނިކަލް ކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  • ބައިނަލްއަޤްވާމީ އިޤްތިޞާދީ އިދާރާތަކާ މުޢާމަލާތްކުރުމާއި އެ އިދާރާތަކާ ގުޅިގެން އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެދިނުން.

 

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ބޭންކްްސް އޯފް-ސައިޓް ސުޕަރވިޝަން ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޝަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިން، ފައިނޭންސް، އެކައުންޓިންގެ، ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ނުވަތަ މިދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "އޭ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް ނުވަތަ އެހެން ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުމާއި ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭންކްތައް ސްޕަވައިޒު ކުރުމާއި ރެގިއުލޭޓް ކުރުމުގެ އެންމެހާ މަސައްކަތްތައް.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ރިޒަރވް މެނޭޖްމެންޓް ސެކްޝަން / ރިޒަރވް މެނޭޖްމެންޓް އެންޑް މަރކެޓް އޮޕަރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފައިނޭންސް އެންޑް އިކޮނޮމިކްސް ނުވަތަ ބޭންކިން އެންޑް ފައިނޭންސް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ޑޭޓާ އެނަލިޓިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭސްގެ ދާއިރާއިން ތައުލީމާ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުމާއި ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭރުފައިސާގެ އިންވެސްޓްމެންޓް ޕޯޓްފޯލިއޯ ފުޅާކުރުމުގެ ގޮތުން އެކިއެކި އެސެޓް ކްލާސް ތަކުގައި އިންވެސްޓް ކުރުމުގެ މަސައްކަތް ކުރުން.
  • ބޭރު ފައިސާގެ މާރކެޓް އެނަލައިޒްކޮށް ބޭރު ފައިސާ އިންވެސްޓް ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • އެމްއެމްއޭގެ ބޭރު ފައިސާގެ ރިޒަރވް ބެލެހެއްޓުމާއި މެނޭޖްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

13 އޮކްޓޫބަރ 2022 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

06 އޮކްޓޫބަރު 2022
ހޯދާ