އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ކުނބުރުދޫ ކައުންސިލް އިދާރާއަށް ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޓީވީ އަދި އޭސީއެއް ގަންނަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 06 އޮކްޓޫބަރު 2022 12:53 ގައި ބާތިލް ކުރެވިފައެވެ.


އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޓީވީ އަދި އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން

* މި ބިޑާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ. ނުވަތަ މި ކައުންސިލްގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ކަރުދާސް ހޯއްދެވުން އެދެމެވެ.

* މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް މި ބިޑަށް ޕްރޮޕޯސަލް ހުށައެއް ނޭޅުއްވޭނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

* ބިޑް ހުޅުވުން އޮންނާނީ 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 13:30 ގައި، ކުނބުރުދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

* ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ. 

05 އޮކްޓޫބަރު 2022
ހޯދާ