ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަމުގައި ވިއްކާލުން

ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަމުގައި ވިއްކާލުން

 

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ކޮމްޕިއުޓަރާއި ފަރުނީޗަރު ފަދަ ތަކެތި) 12 އޮކްޓޫބަރ 2022 ވާ  ބުދަ ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން އޮންނަ ތަން:                     ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

                                 ހ. އޯކިޑް 3 ވަނަ ފަންގިފިލާ

                                 އަމީރު އަޙްމަދު މަގު / މާލެ

 

މުދާ ބެލޭނެ އިންތިޒާމް                   ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 12 އޮކްޓޫބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރު 15:00 ގައި އޮންނާނެއެވެ.

 

 

ނީލަން ގަޑި:                          މެންދުރު 15:00 (12 އޮކްޓޫބަރ 2022 ވާ  ބުދަ ދުވަހު)

ފައިސާ ދެއްކުން:                      ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ. 

މުދާ ގެންދިއުން:                       ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ. 

އިތުރުމަޢުލޫމާތު:                     

- ނީލަން ލިސްޓްގައި ނަން ނޯޓުނުކުރާ ފަރާތްތަކަށް، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

- މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު (ލިސްޓް 1 އަދި ލިސްޓް 2) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

- މިލިސްޓްގައިވާ ތަކެތީގެ ތެރޭގައި ސަރުކާރުގެ އެހެން އިދާރާ އަކުން ބޭނުންވާ މުދާ ހުރިތޯ ބެލުމަށް ފަހު، ފައިނަލް ލިސްޓް 09 އޮކްޓޫބަރ 2022 ގައި މިއޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

- ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 30141104/3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

 

05 އޮކްޓޫބަރު 2022
ހޯދާ