ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވާރކްޝޮޕަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިޑިޕާޓްމަންޓުން ބާއްވާ ވާރކްޝޮޕަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ނޮވެންބަރު 03 ވާ ހޯމަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.

02 މުޙައްރަމް 1436            

26 އޮކްޓޫބަރު 2014
ހޯދާ