ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ އިރުމަތީ ފަރާތުގައި އަލަށް ހެދިފައިވާ ކުނި ކޮށީގެ ޚިދުމަތް ފެށުމާއިގުޅޭ

އިޢުލާން

 

ހއ. ކެލާ އިރުމަތީ ފަރާތުގައި އަލަށް ހެދިފައިވާ ކުނި ކޮށީގެ ޚިދުމަތް ފެށުމާއިގުޅޭ

 

               ހއ. ކެލާ އިރުމަތި ފަރާތުގައި އަލަށް ހެދިފައިވާ ކުނި ކޮށީގެ ޚިދުމަތް 28 ސެޕްޓެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިހާރު ކުނި އަޅަމުންގެންދާ ކުނި ކޮށްޓަށް 28 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ފަހުން އެއްވެސް ބާވަތެއްގެ ކުނިއެޅުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.

               އަދި ދަންނަވަމެވެ. ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް ބާވަތެއްގެ އެއްޗެއް ކުނި އެޅުމަށް ޚާއްޞަކޮށްފައިވާ ތަންތަން (ކެލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ) ފިޔަވާ އިތުރު ތަނަކަށް ގެންދިއުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި އާ ކުނިކޮށްޓަށް އެޅުމަށް ހަމަޖެހިފައިވަނީ ދަގަނޑު، ބިއްލޫރި، ޕްލާސްޓިކް، ފަތްކުނި އަދި ގަސްލަކުޑިކަމުގައި ދަންނަވަމެވެ. ކުނީގެ ބާވަތްތައް ވަކިނުކޮށް ކުނިކޮށީގައި އެބާވަތެއްގެ ކުނި އެޅުމަށް ޚާއްޞަކުރެވިފައިވާ ތަން ފިޔަވައި އެހެންތަންތަނަށް ކުނިއެޅުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ. އަދި މި ފަރާތްތަކާއި މެދު ގާނޫނު ނަމްބަރ 93/4 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޢަމަލު ކުރެވޭނެ ކަމުގައި ވެސް ދަންނަވަމެވެ.

               އަދި ކުނިކޮށި ހުޅުވިފައި ހުންނާނެ ވަގުތު ތަކަކީ، ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 14:00 ން ހަވީރު 16:30 ކަމަށް އާންމުކޮށް އަންގާ ޢިއުލާނުކުރަމެވެ.

26 ސެޕްޓެންބަރު 2022
ހޯދާ