ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ހިންނަވަރު ބަނދަރު ސަރަޙައްދު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،

ޅ. ހިންނަވަރު، ދިވެހިރާއްޖެ.

އިޢުލާން

ޅ. ހިންނަވަރު ބަނދަރު ސަރަޙައްދު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ޅ. ހިންނަވަރު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ޚަރަދުގައި ހިންނަވަރު ބަނދަރު ސަރަޙައްދު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަމްބަރ: IUL)326/PRIV/2022/22) ބާޠިލްކުރުމަށްފަހު، އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  •  އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 04 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  •  ބިޑް / ޕްރޮޕސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު:

އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

28 ސެޕްޓެންބަރު 2022
ހޯދާ