ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ވަޒީފާ ( ބަނދަރު ބެލެހެއްޓުން )

 
 

c

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

              ފީއަލީ،                               ނަންބަރު: (IUL)370-CASA/370/2022/29

 ދިވެހިރާއްޖެ.

 

 

 

 

 

އިޢުލާނު

މަސައްކަތު   ( ބަނދަރު ބެލެހެއްޓުން )

މަޤާމް:

2

ބޭނުންވާ އަދަދު:

ވަގުތީ ( ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތުގެ ފެންވަރުބަލައި މަސައްކަތަށް ރަނގަޅުނަމަ އިޢުލާނު ކުރުމަކާނުލާ އަހަރުން އަހަރަށް އެގްރިމެންޓް އާއު ކުރެވޭނެއެވެ. )

މަޤާމުގެ ގިންތި:

އެސް.އެސް 1

މަޤާމުގެ ރޭންކް:

ސަރޕޯޓްސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ސެކްޝަން:

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލް އިދާރާ

މަޤާމް އޮތް އޮފީސް:

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލް އިދާރާ / ފ.ފީއަލި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3100ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

މުސާރަ:

-/1000ރ ( އެއްހާސް ރުފިޔާ )

1200/- ރ ( ބާރަސަތޭކަ ރުފިޔާ )

1917/- ރ ( ނަވާރަސަތޭކަ ސަތާރަ ރުފިޔާ )

    1.  ސިވިލްސަރވިސްގެ މުޥައްޒަފުންނެކޭ އެއް ގޮތަށް ހަމަޖެހިފައިވާ އުޟޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

    2.  ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ސަރވިސް އެލެވަންސް:

ސަޕޯރޓިންގކޯ އެލަވަންސް:

މިނިމަމްވޭޖް އެލަވަންށް:         

އިތުރު އިނާޔަތްތައް:

  1. ބަނދަރު ޓީ-ޖެޓީ ކޮޅުގައި 2 ގަޑިއިރަށްވުރެ އިތުރުވަގުތުގައި ބާއްވާ ދޯނިފަހަރު ނެގުމަށް އަންގައި، ނުނަގައިފިނަމަ ކައުންސިލަށް ރިޕޯޓްކުރުން.
  2. ބަނދަރުތެރޭގައި ހުންނަ ކުނިވާޒާތުގެ އެއްޗިއްސާއި، ފެންމަތީގައި ހުންނަ ހަޑިވާޒާތުގެ ތަކެތި ކޮންމެ ދުވަހަކުނަގައި ރަށުގެ ކުނިގޮނޑަށް ގެންގޮސް އުކާލުން.
  3. ބަނދަރުމަތީގެ ކުނި ކޮންމެ ދުވަހެއްގައި ނަގައި ސާފުކޮށް ކުނިތަށް ކުނިގޮނޑަށް ގެންދަންވާނެއެވެ.
  4. ބަނދަރު ތޮށިގަނޑުން ފެށިގެން ފަސްފޫޓަށްވުރެ ކައިރީގައި ވެލި، ދަރު، ފަން އަދި އެހެނިހެން ތަކެތި ބަހައްޓާ ފަރާތްތަކަށް އެކަން ނުކުރުމަށް އަންގައިގެން އިސްލާޙު ނުކޮށްފިނަމަ ކައުންސިލަށް ރިޕޯޓްކުރުން.
  5. ބަނދަރުގެ ތޮށިދިގަށް ބާއްވާ ދޯނިފަހަރު ނެގުމަށް އަންގައި، ނުނަގައިފިނަމަ ކައުންސިލަށް ރިޕޯޓްކުރުން.
  6. ތަފާތު އެކިބާވަތުގެ ތަކެތި ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު ފިޔަވައި އެނޫން ސަރަހައްދެއްގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް އެއްޗެއްގެ ވެރިފަރާތް އެނގޭނަމަ އެއެއްޗެއް ނެގުމަށް އެފަރާތަކަށް އަންގައި، ޢަމަލު ނުކޮށްފިނަމަ ކައުންސިލަށް ރިޕޯޓްކުރުން.
  7. ބަނދަރުން ފެނުގެ ޙިދުމަތަށް އެދޭ ފަރާތްތަކަށް އެ ޙިދުމަތް ފޯރުކޮށްދިނުން.
  8. ކައުންސިލްގެ ފަރާތުން މަސްވެރިންނަށް ވާރޭފެން ދޫކުރުމަށް ޤާއިމްކޮށްފައި ހުރި ފެން ތާނގީތައް ބެލެހެއްޓުމާއި، ވާރޭވެހޭ ދުވަސްވަރު ތާނގީތައް ބަހައްޓާފައިހުރި ތަނުގެ ފުރާޅުގެ ދިޔަދޮވި ސާފުކުރުމާއ، ތާނގީތަކަށް ފެންއެޅޭނެގޮތް ހެދުން.
  9. ފެރީ އެޅުމަށް ޙާއްސަކޮށްފައިވާ ސަރަހައްދުގައި އުޅަނދުފަހަރު ބާއްވާ ފަރާތްތަކުން އެކަން ނުކުރުމަށް އަންގައިގެން ޢަމަލުނުކުރާ ފަރާތްތަކުގެ ވާހަކަ ކައުންސިލަށް ރިޕޯޓްކުރުން.
  10. އޮޑި ދޯނިފަހަރުން ބާލާ ކަންނެލިފޮށި އަދި އެހެނިހެން ތަކެތި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަކަށް ގެންދޭތޯ ބެލުން.
  11. ބަނދަރުގެ ޤަވާއިދުގެ ދަށުން ބަނދަރު ބޭނުންކުރަމުންދާ އެންމެންނަށް މައުލޫމާތުދީ، މަނާކަންތައްތައް ނުކުރުމަށް އެފަރާތްތަކަށް އެންގުން.
  12. ކައުންސިލްގެ ފަރާތުން މަސްވެރިންނަށް ވާރޭފެން ދޫކުރުމަށް ޤާއިމްކޮށްފައި ހުރި ފެން ތާނގީތައް ބަހައްޓާފައިވާ ސަރަހައްދު ކުނިކަހާ ސާފުކުރުން.
  13. ބަނދަރުން ކަރަންޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދްމަތް ފޯރުކޮށް ދިނިން.
  14. ޑިއުޓީ އަދާކުރުމަށް  ހަމަޖެހިފައިވަނީ ބަނދަރު ޓީޖެޓީގައި ގާއިމް ކުރެވިފައިވާ ހަޓުގައެވެ.
  15. އަދި މިނޫނަސް ކައުންސިލް އިދާރާއިން ރާވާ ހިންގާ އެހެނިހެން ކަންކަންކުރުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލިޔަންކިޔަން އެނގުން.
  2. ރަށު ޕިކަޕް ދުއްވުމުގެ ލައިސަންސް އޮތުމާއެކު، ފަރިތަކަމާއެކު ބަގީ ދުއްވާ މީހެއްކަމުގައިވުން.

ގިނަ ވަގުތު މަސައްކަތު އުޅެވޭނެ ފަރާތެއްކަމުގައިވުން.

3. ރަށު ޕިކަޕް ދުއްވުމުގެ ލައިސަންސް ނެތް ފަރާތެއްނަމަ ވަޒީފާ ލިބޭތާ 03 މަސްދުވަހުގެ ތެރޭގައި ލައިސަންސް ނަގައި ކައުންސިލް އިދާރާއަށް ހުށަހެޅުން.    

މަޤާމުގެ ޝަރުޠުތައް:

ލިބިފައިވާ ތަޢުލީމް، ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީނު، ވަޒީފާއާއިގުޅޭ ތަޖުރިބާ ، އެހެނިހެން ތަޖްރިބާ،  އިންޓަރވިއު / ޕްރެކްޓިކަލްސް    

ވަޒީފާޢަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މި ( ފީއަލި ކައުންސިލްގެ އިދާރާގެ ) ކައުންޓަރުން ލިބެން ހުންނާނެއެވެ. މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022  އޮކްޓޫބަރ 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2022 އޮކްޓޫބަރ 06 އާއި 2022 އޮކްޓޫބަރު 09 އާ ދެމެދު، ފީއަލި ކައުންސިލްއިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ދިމާވާ ޚާއްޞަ ކަމަކާ ގުޅިގެން އިންޓަރވިއު ފަސްކުރަން ޖެހިއްޖެނަމަ އެކަން އެންގޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

 

        1444  B    30

                              26 ސެޕްޓެންބަރު 2022 

 

 

 

 

 

                                                                  މޫސާ އަޙްމަދު

ފީއަލި ކައުންސިލްގެ ރައީސް

 

 

26 ސެޕްޓެންބަރު 2022
ހޯދާ