އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ޓީ.ވީ ގެ ޚިދުމަތް ކުއްޔަށް ދިނުމާބެހޭ

އއ.މާޅޮހުގައި ކޭބަލް ޓީ.ވީ ގެ ޚިދުމަތް ކުއްޔަށް ދިނުމާބެހޭ:

މިރަށުގައި ކޭބަލް ޓެލެވިޒަންގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރަމުންގެންދާ ނެޓްވާރކާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެޚިދުމަތް މިރަށުގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތާއި އަގު ހުށަހެޅުމަށް އެހެންފަރާތެއް ފޮނުވާނަމަ، ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި ޚިދުމަތް ދިނުމަށްޓަކައި ކުއްޔަށްދެވޭނީ، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމުގައި ދަންނަވަމެވެ.

30 އޮކްޓޫބަރު 2014
ހޯދާ