އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ތައްޔާރު ކުރުމުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އދ. މާމިގިލި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ކަމާއި ގުޅޭ ކޮންސަލްޓަންސީ, ޚިދުމަތް ފޯރުކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ.   

ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް، މި ކައުންސިލްގެ އިދާރާގެ މީޓީން ރޫމް އަށް ދުރުވެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންނެއް ނުވެއެވެ. 

ވީމާ، 02 އޮކްޓޯބަރ 2022 ގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށް 9 އޮކްޓޯބަރ 2022   ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު (ފޯން ނަންބަރު: 7711722)  ގުޅުއްވުމުން ލިބިލައްވާނެއެވެ. އަދި، އީމެއިލް މެދުވެރިކޮށް ބޭނުންވާނަމަ، (އީމެއިލް  [email protected]) އަށް ފޮނުވުމުން ސާފުވާނެއެވެ.

މައުލޫމާތު ހޯއްދެވުމަށް ރިކުއެސްޓް ކުރެވޭނެ އެންމެ ފަހުގެ ތާރީޚަކީ 5 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. 

21 ސެޕްޓެންބަރު 2022
ހޯދާ